ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގެ ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުން ހުއްޓުމަކަށް ގެނެސްފި: ރޮޒައިނާ

މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒެއިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގެ އިޤްތިސާދު ރަނގަޅުކޮށް، އެ ސިޓީ ތަރައްގީކުރުމަށްޓަކައި އެމްޑީޕީގެ ސަރުކާރުން ފެށި މުހިންމު މަޝްރޫއުތައް މި ސަރުކާރު އައުމަށްފަހު އެއްކޮށް ހުއްޓުމަކަށް ގެނެސްފައިވާ ކަމަށް އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ، ވޭތުވެދިޔަ އެމްޑީޕީ ސަރުކާރުން އައްޑޫ ސިޓީގެ ޓޫރިޒަމް ފުޅާކުރުމަށްޓަކައި ބިން ހިއްކުމާއި، އެއާޕޯޓް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް ފެށި ކަމަށެވެ. އަދި އޭގެ އިތުރުން ކަރަންޓާއި، ފެނާއި ކުނި މެނޭޖުކުރުމުގެ ހިދުމަތްތައް ފަދަ އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރޮޒައިނާ ވިދާޅުވީ އައްޑޫ ސިޓީގެ ކަރަންޓު ވިއުގައަކީ ވަރަށް ކުރީގެ ބާ ސިސްޓަމަކަށް ވެފައި، ހޫނު މޫސުމާއި ރޯދަމަހު ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ހިތަދު އާއި ހުޅުދޫ އަދި މީދޫގައި ޕަވަރ ސްޓޭޝަން އެޅުމުގެ މަސައްކަތް ފެށި ކަމަށެވެ. ނަމަވެސް، މި ސަރުކާރު އައުމަށްފަހު އެ މަސައްކަތްތައް ހުއްޓި، އިމާރާތްކުރުމަށް ގެނެސްފައި ހުރި ދަގަނޑާއި ސިމެންތި ފަދަ ތަކެތި ހަލާކުވެ، އެއްބައި ތަކެތި ވައްކަން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުންގެ ފައިސާއިން ގަނެފައިވާ މިފަދަ އަގުބޮޑު ތަކެތި ނީލަން ވެސް ނުކިޔައި، 90 އާއި 95 އިންސައްތަ ނިމިފައި ހުރި ތަންތަން ވީރާނާވާން ދޫކޮށްލާފައިވާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މީގެ އިތުރުން، އައްޑޫގެ މާސްޓަރ ޕްލޭންގެ ދަށުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށް، ޓޫރިޒަމް ފުޅާކުރުމަށް ހިއްކި ބިންތަކަށް ވެސް އަޅާނުލެވި، ގިރައިގެންދާން ދޫކޮށްލާފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

”އަޅުގަނޑަށް ދެންނެވޭނީ އަސްލުގައި އައްޑޫ ސިޓީއަކަށް އަޅާލާކަށް އެއްވެސް ކަމެއް މި ސަރުކާރުން ކުރެވިފައެއް ނެތޭ، ރައްޔިތުންގެ ފައިސާއިން ކޮށްފަ ހުރި ވަރަށް ބޮޑެތި ހަރަދުތައް ބޭކާރުވެގެންދާއިރު ވެސް މި އޮތީ އަޅާނުލެވިފައި،“ ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒައިނާގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެމްޑީޕީގެ ވެރިކަމެއްގައި ހުއްޓިފައި ހުރި މި މަޝްރޫއުތައް އަލުން ފަށައި، އައްޑޫގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތަކާއި ވިޔަފާރީގެ ފަހި މާހައުލެއް އަލުން ހޯދައިދޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: