ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯނު ނުދެއްކުމުން ހެވީލޯޑުގެ ރަހާ ރިސޯޓު ވިއްކާލަން ބީއެމްއެލްއިން އިއުލާނުކޮށްފި

ފޮޓޯ: ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހެވީ ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ނަގާފައިވާ ލޯނަކަށް ފައިސާ ނުދެއްކުމާ ގުޅިގެން، ރަހުނުކޮށްފައިވާ ލ. އަތޮޅު ފަރެހާއި ކުޑަފަރެސްގައި ހިންގަމުން އަންނަ ޓޫރިސްޓް ރިސޯޓު އާންމު ނީލަމުގައި ވިއްކާލަން ބީއެމްއެލް އިން އިއުލާނުކޮށްފިއެވެ.

ބީއެމްއެލް އިން މި ރިޒޯޓް ވިއްކާލުމަށް ނިންމާފައިވަނީ ލޯނު އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ، ރަހުނު ވިއްކާލުމުގެ ހުއްދައަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، އެ މުދާ ވިއްކައިގެން ބޭންކަށް ލިބެންޖެހޭ ފައިސާ ހޯދުމަށް 2 ނޮވެމްބަރު 2026 ގައި ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެންނެވެ.

މި ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވަނީ ލ. ފަރެސް އަދި ކުޑަފަރެސްގައި ތަރައްގީކޮށް ހިންގަމުން އަންނަ 100 ކޮޓަރީގެ ރިޒޯޓެވެ. މިއީ 18 ޑިސެމްބަރު 2064 ގެ ނިޔަލަށް ހެޑް ލީސް މުއްދަތު އޮތް ތަނެކެވެ. ބޭންކުން ހާމަކޮށްފައިވާ ގޮތުގައި މި ރިޒޯޓު ވިއްކާލުމަށް ކަނޑައަޅާފައިވާ އެންމެ ދަށް އަގަކީ 45،633،000 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 703 މިލިއަން ދިވެހި ރުފިޔާ) އެވެ. މި ތަން ވިއްކުމަށް ހަމަޖެހިފައިވަނީ މިހާރު ވެސް އޮތް ހާލަތުގައެވެ.

މި ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 02 ޑިސެމްބަރު 2026 ވާ ދުވަހުގެ މެންދުރު 12:00 އެވެ. ޕްރޮޕޯސަލްތައް ބަލައިގަތުމާއި ކެނޑުން އޮންނާނީ އެ ދުވަހުގެ މެންދުރު 12:00 ގައި މާލޭގެ އޯކިޑްމާގެ އިމާރާތުގެ 11 ވަނަ ފަންގިފިލާގެ މީޓިންގ ރޫމްގައެވެ. އަދި އޮންލައިންކޮށް ބައިވެރިވާން އެދޭ ފަރާތްތަކަށް ވާޗުއަލް ލިންކް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ނީލަން ކާމިޔާބުކުރާ ފަރާތުން، ނަތީޖާ އަންގާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އަނބުރާ ނުލިބޭ ގޮތަށް 100،000 އެމެރިކާ ޑޮލަރުގެ ޑިޕޮސިޓެއް ބޭންކަށް ދައްކަންޖެހެއެވެ. އަދި ނޯޓިސް ދޭ ތާރީހުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ގަނެވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރަން ޖެހޭނެ ކަމަށާއި، މި މުއްދަތުގައި އެއްބަސްވުމުގައި ސޮއިނުކޮށްފިނަމަ އެ ޑިޕޮސިޓް ފައިސާ ބޭންކަށް ކެނޑިގެންދާނެ ކަމަށް ވެސް ބީއެމްއެލްގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: