ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭތުވެދިޔަ ތިން އަހަރު ސަރުކާރުގެ މަސައްކަތްތައް ދިޔައީ ”ތޮޅިއަށް“ ކަމަށް ވިދާޅުވީ ރައީސް: ނާޒިލް

ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ ތިން އަހަރު ސަރުކާރުގެ މަސައްކަތްތައް ދިޔައީ ”ތޮޅިއަށް“ ކަމަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ބަޖެޓު ރިޕޯޓާއި ގުޅިގެން ނާޒިލް ވިދާޅުވީ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މަސްއޫލިއްޔަތަކީ ދައުލަތުން ހުށަހަޅާފައިވާ ބަޖެޓްރީ ސިޔާސަތުތަކާއި މާލީ ގޮތުން ނުވަތަ އިގްތިސޯދީ ގޮތުން ވާނެ ކަމަށް ހުށަހަޅާފައިވާ އަދި ގަބޫލުކޮށްފައިވާ ކަންތައްތަކާއި އެ ބަޖެޓުގައި ދައުލަތަށް ހިމެނުމުގައި ވަކިގޮތަކަށް އިގްތިސޯދީ އަދި މާލީ ގޮތުން ހިނގާނޭ ކަންކަން ދިރާސާކުރުން ކަމަށް ނާޒިލް ވިދާޅުވިއެވެ. ނާޒިލް ވިދާޅުވީ އެހެންނަމަވެސް ބަޖެޓު ކޮމިޓީގައި އެ ބުނާ ދިރާސާ ނުކުރެވޭ ކަމަށާއި، ބަޖެޓު ދިރާސާކުރާ ގޮތް މަޖިލީހުގެ ގަވައިދުގައިވެސް ވަރަށް ސާފުކޮށް ބުނާ ކަމަށެވެ.

ރާއްޖޭގެ މާލީ ހާލަތު އަދި އިގްތިސޯދީ ހާލަތު ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓުން ކިހިނެތްތޯ ވެގެންދާނީ، އެ ކަންތައްތަކާއި ދޭތެރޭ އެ ކޮމިޓީން ކުރީ ކޮންކަމެއްތޯ މެމްބަރު ވަނީ ސުވާލު އުފައްދާފައެވެ. ނާޒިލް ވިދާޅުވީ ބަޖެޓު ކޮމިޓީ އަކީ މެމްބަރު ވެސް އިންނަވާ ކޮމިޓީއެއް ކަމަށާއި، އެހެންކަމުން ކޮމިޓީގައި ކަންކަން ހިނގާ ގޮތް ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. އެގޮތުން ފިނޭންސް މިނިސްޓަރު ހުށަހެޅުއްވި ގޮތަށް ނޫނީ ބަޖެޓު ފާސްކުރުމުގެ ވިސްނުމެއް ޕީއެންސީ މެމްބަރުންގެ ނެތް ކަމަށް ނާޒިލް ވިދާޅުވިއެވެ.

”ފިނޭންސް މިނިސްޓަރާއި އޮޑިޓަރ ޖެނެރަލްއާއި އެމްއެމްއޭ ގަވަރނަރގެ ފަރާތުން އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތާއި އެކީގައި، އަޅުގަނޑުމެން އެ ކޮމިޓީގައި ދެއްކި އެއްވެސް ވާހަކައެއް އަޑު އެހުމެއް، އެއަށް ދިރާސާ ކުރުމެއް ނެތި ފިނޭންސް މިނިސްޓަރ ހުށަހެޅުއްވި ގޮތަށް އެންމެ ލޯ ލާރިއެއްވެސް މަދުނުކޮށް އިތުރު ނުކޮށް، ފުރަތަމަ ދުވަހުން ފެށިގެންވެސް އެ ކޮމިޓީގެ ވިސްނުމުގައި ނެތް. ފުރަތަމަ ކޮމިޓީއަށް ހުށަހެޅުނު ކަންކަމުގެ ތެރޭގައި މިނިވަން މުވައްސަސާތަކުގެ ކަންބޮޑުވުންތަކެއް ހުރިތޯ، މިނިވަން މުވައްސަސާތަކުގެ ވިސްނުމަކީ ކޮބާތޯ، ބަޖެޓާއި ދޭތެރޭ އެ މުވައްސަސާތައް ހިންގުނުމުގައި ހުރި ދަތިތަކާއި އުނދަގޫތަކަކީ ކޮބައިތޯ ފުރަތަމަ ދިޔައީ ކޮމިޓީން ބަލައި ނުގަންނަން“

ނާޒިލް ވިދާޅުވީ ރައްޔިތުންގެ ބައިތުލްމާލުން ފައިސާ ނަގައިގެން ހަވާލުކުރަނީ ރައްޔިތުންނަށް ރަނގަޅު ގޮތުގައި ފައިސާ ހޭދަކުރަން ކަމަށެވެ.

މީގެ އިތުރުން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ސަރުކާރުގެ އެއްވެސް މަސައްކަތެއް ނުކުރެނޭ ކަމަށާއި، ރައްޔިތަކަށް ފައިދާ ހުރި އެންމެ ޕްރޮޖެކްޓެއްވެސް އެންމެ ކަމެއްވެސް ނުކުރެވޭ ކަމަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ނާޒިލް ވިދާޅުވިއެވެ.

ހަތަރުވަނަ އަހަރުގެ ބަޖެޓާއެކު ޖުމްލަ 225 ބިލިއަން ރުފިޔާގެ ބަޖެޓު ސަރުކާރާ ހާވާލުކުރެވޭއިރު، ރައްޔިތުންނަށް ކަންކަން ނުވާތީ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި 93 މެމްބަރުން މަޖިލީހުގައި ތިބެގެން ކުރަނީ ކޮންކަމެއްތޯ އެ ދާއިރާތަކުގެ ރައްޔިތުން ސުވާލުކުރާ ކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: