ކޮވިޑް-19 އަށް އިތުރު 29 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ( އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ، ހޯމަދުވަހުގެ 18:00 އިން، މިއަދުގެ 18:00 އަށް، ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 29 މީހަކު ޕޮޒިޓިވްވެފައިވާކަމަށެވެ.
ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ، ދިވެއްސެއްގެ އިތުރުން، ބަންގްލަދޭޝްގެ 15 މީހުންނާއި، ނޭޕާލްގެ 09 މީހުންނާއި، އިންޑިއާގެ 02 މީހުންނާއި، ޕިލިޕީންސް މީހެއްގެ އިތުރުން، އިތުރު އެކަކު ހިމެނެއެވެ. ނަމަވެސް މިއީ ކޮން ޤައުމެއްގެ މީހެއްކަމެއް އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ.
މި 29 މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާތަނަށް މިވަނީ، 2094 އަރާފައިވާއިރު، ބައްޔަށް ފަރުވާ ހޯދަމުންއައި 130 މީހަކު ރަނގަޅުވެ، ޖުމްލަ ރަނގަޅުވި މީހުންގެ އަދަދުވަނީ، 1670 އަށް އަރާފައެވެ.

