ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްގުތަކާއި މިނިވަންކަން ދެމެހެއްޓުމަކީ ހެޔޮއެދިގެން ކުރަން ޖެހޭ ކަމެއް: ބަންޑާރަނައިބް

ގާނޫނުއަސާސީ އަށް 12 އަހަރު ފުރުމާއި ގުޅިގެން އޭޖީ ރިފްއަތު ކުރެއްވި ޓުވުޓާއިއެކު ހިއްސާ ކުރެއްވި ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަން ކަމާއި ހައްގުތައް ނަގަހައްޓައި ދެމެހެއްޓުމަކީ ހެޔޮއެދިގެން އެއިރެއްގައި ގާއިމް ކުރެވިފައިވާ ސަރުކާރުކާރަކުން ކުރަން ޖެހޭ ކަމެއް ކަމަށް ބަންޑާރަނައިބް އިބްރާހިމް ރިފްޢަތު ވިދާޅުވެއްޖެއެވެ. 

ދިވެހިރާއްޖޭގައި މިހާރު އަމަލު ކުރަމުން މިދާ ފެހި ގާނޫނުއަސާސީއަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި ބަންޑާރަނައިބް ކުރެއްވި ޓުވިޓުގައި ވިދާޅުވީ  ޙައްޤުތަކާއި މިނިވަންކަން ހޯދުމަކީ ނޭވާލާ ބީދައިން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އެގޮތުން  ޙައްޤުތަކާއި މިނިވަންކަން ނަގަހައްޓައި،ދެމެހެއްޓުމަކީ އެއިރަކު އޮންނަ ވެރިކަން ހިންގާ ބާރާއި ޤާނޫނު ހަދާ ބާރާއި ޢަދުލު އިންޞާފު ޤާއިމުކުރާ ބާރުގެ ހެޔޮކަމުންކުރާ ކަމަކަށްވުރެ،ހެޔޮ އެދިގެން ކުރަންޖެހޭ ކަމެއް ކަމަށް ބަންޑާރަނައިބް ރިފްޢަތު ވިދާޅުވިއެވެ. 

https://twitter.com/ibriffath/status/1291712335741034498

ގާނޫނުއަސާސީއަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި ރިފްޢަތު ކުރެއްވި ޓުވުޓާއިއެކު ފޮޓޯއެއް ވެސް ޕޯސްޓް ކުރައްވާފައެވެ. އެ ފޮޓޯއަކީ އޭރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަށް ގާނޫނުއަސާސީ އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ރިފްޢަތުއާއި އަދި އެހެން ވެސް ގާނޫނީ ބައެއް ވަކީލުން ގާނޫނުއަސާސގީ ބޮޑު ފޮތެއްގެ ސިފައިގައި ޗާޕްކޮށްގެން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާ މަންޒަރު ފެންނަ ފޮޓޯއެކެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: