ކޮވިޑް-19 އަށް ފަރުވާދިނުމަށް ހުޅުމާލޭގައި ޤާއިމްކޮށްފައިވާ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ދިވެއްސަކު ނިޔާވެއްޖެ އެވެ.
ގާތްގަނޑަކަށް 60 އަހަރުގެ އެ ފިރިހެން މީހާ މަރުވީ ފަތިސް ނަމާށްދައްހުއްޓައި ވެއްޓިގެން ފަރުވާ ދެމުން ދަނިކޮށެވެ. އޭނާއާ އެކު އޭނާގެ އަންހެނުން ވެސް އަންނަނީ އެ ތަނުގައި ކޮވިޑަށް ފަރުވާ ހޯދަމުންނެވެ.
މިއަދު މަރުވި މީހާއާ އެކު ކޮވިޑް19ގައި ރާއްޖެ އިން މަރުވި މީހުންގެ އަދަދު 28 އަށް އެރީ އެވެ.
އެ ބަލީގައި އުމުރުން 27 އަހަރުގެ ޒުވާނަކު ވެސް އަންނަނީ އައިސީޔޫގައި ފަރުވާ ހޯދަމުންނެވެ. އަދި ވެންޓިލޭޓަރުގައި ވެސް ފަސް މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

