ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓުތަކުގެ ކުލި ދެއްކުން އިތުރު ތިން މަހަށް ފަސްކޮށްދީފި

ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން ދޫކޮށްފައިވާ ފްލެތްތަކުގެ ކުލި ދެއްކުން އިތުރު ތިން މަސްދުވަހަށް ފަސްކޮށްދީފިއެވެ.

ކޮވިޑް 19 އާއި ގުޅިގެން ސަރުކާރުން ދެއްވި 06 މަސް ދުވަހުގެ ކުލި ފަސްކުރުމުގެ މުއްދަތު ވަނީ 2020 އޮގަސްޓް 31 އަށް ހަމަވެފައެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސެޕްޓެމްބަރު 2020 އިން ނޮވެމްބަރު 2020 ނިޔަލަށް 03 (ތިނެއް) މަހަށް ކުލި ނެގުން ފަސްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ގިނަ ބައެއްގެ އެދުމުގެ މަތިން ކުލި ފަސްކޮށްދިނުމަށް އަނެއްކާވެސް ނިންމާފައިވާއިރު، މިމުއްދަތުގެ ތެރޭގައި މެއިންޓެނެންސް ފީ ދައްކަންޖެހޭނެކަމަށް މިނިސްޓްރީއިން މައުލޫމާތުދެއެވެ. ކުލި ފަސްކުރާ މުއްދަތު އެގްރީމެންޓަށް އިތުރުކުރެވޭނެކަމަށްވެސް މިނިސްޓްރީއިން މައުލޫމާތުދެއެވެ.

ކުލި ފަސްކުރުމަށް ބޭނުންވާ ފަރާތްތަކުން 15 އޮކްޓޯބަރު 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ކުރިން އައިޑީކާޑުގެ ކޮޕީއާއި އެމިނިސްޓްރީއާއެކު ކުރެވިފައިވާ އެގްރީމެންޓް ނަމްބަރު އެނގޭނެ ގޮތަށް މިނިސްޓްރީގެ އީމެއިލް beneficiary@planning.gov.mv އަށް މެއިލްކުރެއްވުމަށް މިނިސްޓްރީއިން އާންމުކޮށްފައިވާ އިއުލާނުގައިވެއެވެ.

މާލެ ސަރަހައްދުންނާއި އަތޮޅުތަކުން ދޫކޮށްފައިވާ ފްލެޓްތަކާއި ހައުސިން ޔުނިޓުތަކުގެ ކުލި ފަސްކޮށްދީފައިވާއިރު، ރިސޯޓްތަކުގެ ކުއްޔާއި ސަރުކާރުގެ އެހެން ބިންތަކުގެ ކުލިވެސް އެއް އަހަރު ދުވަހަށް ފަސްކޮށްދިނުމަށް ސަރުކާރުން މިއަހަރުގެ ޖޫންމަހު ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: