ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލެޓް ލިސްޓު އާންމު ކުރީ ކޮވިޑް ވައްކަމުގައި މަތިއަޅާ ފޯކަސް އަބުރާލަން: ޑރ.މުއިއްޒު

ކުރީގެ ހައުސިންގެ މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލެޓް ލިސްޓު އާންމުކުރީ ކޮވިޑާއި ގުޅިގެން ހިނގް ޖަރީމާތަކުގެ ފޯކަސް އަނބުރާލުމަށް ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ އަދި މާލޭ މޭޔަރުކަމަށް ޕީޕީއެމްއިން ވާދަކުރައްވާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިހާތަނަށް 111 ފަރާތެއް އުނިކޮށް 4 ކެޓަގަރީގެ ފްލެޓް ލިސްޓު މިއަދު އާންމުކުރުމާއި ގުޅިގެން ޑރ.މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، އެތައް ހާސް ބައެއްގެ ބޯހިޔާވަހިކަމުގެ ޙައްޤު ނިގުޅައިގަނެފައިވާކަމަށެވެ. އަދި މިކަން ކުރަމުން ދަނީ ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން ކުރަމުންދާ ކަންކަން ފޮރުވުމަށް ކަމަށްވެސް މުއިއްޒުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

”ކޮވިޑް މެނޭޖް ކުރުމުގައި ވަމުންދާ އިހުމާލާއި، ހިޔާނަތާއި، ހިންގި އަދި ހިންގަމުންދާ ކޮރަޕްޝަނާއި ވައްކަމުގައި މަތިޖަހާ ފޯކަސް އަނބުރާލުމަށްޓަކާ، އެތައް ހާސް ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ޙައްގު ނިގުޅައިގަނެ، މަގުމަތިކުރަމުން ދާ ދިޔުމަށް ރައްޔިތުން ޖަވާބު ދޭނެ ދުވަސް އަންނާނެ“

މުއިއްޒު މިގޮތަށް ތުހުމަތު ކުރައްވާއިރު ހައުސިންގ މިނިސްޓަރ އަސްލަމް މިއަދު ވިދާޅުވީ، މި ސަރުކާރުން ފުލްޓް ދޫކުރުމުގައި ވައްކަން ނުކުރާނެކަމަށެެވެ. އަދި ތާއީދު ކުރަނީ ކާކަށްތޯ ނުވަތަ ވޯޓު ދޭނީ ކާކަށްތޯ ސުވާލު ނުކުރާނެކަމަށެވެ.

2018 ވަނަ އަހަރު އިޢުލާނުކޮށްފައިވާ ހިޔާ މަޝްރޫޢުގެ 7000 ހައުސިންގް ޔުނިޓްގެ ތެރެއިން މިހާރު ހުރި 6720 ހައުންސިންގ ޔުނިޓް ކެޓަގަރީތަކަށް ކަނޑައަޅާގައިވާ ގޮތުގެ މަޢުލޫމާތު މިއަދުގެ ޕްރެސްކޮންފަރެންސްގައި ޙިއްޞާކުރައްވާފައިވެއެވެ. ފްލެޓް ކޮމެޓީން ރިވިއުކުރެއްވުމަށް ފަހު މިއަދު ޢާންމުކުރެއްވީ 4 ކެޓަގަރީއެއްގެ ވަގުތީ ލިސްޓެވެ. އެއީ ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ ކެޓަގަރީ، ޓީޗަރުންނަށް ޚާއްޞަ ކެޓަގަރީ، މާލޭ ރަށްވެހިންނަށް ޚާއްޞަ ކެޓަގަރީ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ޚާއްޞަ ކެޓަގަރީއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ލާދީނީ އެމްޑީޕީގެ ވަގު ބައިގަނޑުގެ އުސޫލަކީ ވައްކަންކުރުން ފޭރިގަތުން ދޮގައި މަކަރާއި ހީލަތް ހެދުމާއި މީހުންގެ މުދާ ފޭރުމާއި އަލިފާން ރޯކުރުމާއި މާރާމާރީ ހިންގުމާއި އުފަންދަރިންގެ އިއްފަތް ނަގާލުމާއި އަނބިންނައް އަނިޔާކުރުމާއި رئيس عبدالله يامين عبد القيوم އަޅުއްވައިދެއްވި ފުލެޓު ތަކުން ވައްކަން ކުރުމާއި 2019 ގެ 32.7 ބިލިޔަން ރުފިޔާގެ ބަޖެޓް އާއި 2020 ގެ 37.9ބިލިޔަން ރުފިޔާގެ ބަޖެޓް ދިރުވާލުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: