ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަންގެ ދެ ކުންފުންޏަކަށް ދައުވާ ކުރާ މަނީލޯންޑްރިންގެ ދައުވާއާއި ގުޅިގެން ވަކީލަކު އައްޔަން ކުރަން 10 ދުވަސް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ސަން ކުންފުނީގެ މައްޗަށް ދައުކަތުން އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާއާއި ގުޅިގެން ވަކީލަކު އައްޔަން ކުރުމަށް 10 ދުވަހުގެ މުައްދަތެއް ދީފިއެވެ.

މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުންޏަށެވެ. މި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވެސް ވަނީ މަނީ ލޯންޑްރިންގެ ދައުވާ އުފުލާފަ އެވެ.

މި މައްސަލައިގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ ފަރާތުން ބުނީ މައްސަލައިގެ ކުންފުނީގެ ފަރާތުން ކުރިއަށްދާ ބޭނުން ވަނީ ވަކީލަކާއި އެކު ކަމަށާއި އެހެން ކަމުން ވަކީލަކު އައްޔަން ކުރުމަށް 10 ދުވަހުގެ މުއްދަތެއް ބޭނުންވާ ކަމަށެވެ. ކުންފުނީގެ އެދުމުގެ މަތިން ޝަރީޢަތުން ވަނީ ސަން އަށް ވަކީލަކު އައްޔަން ކުރުމަށް 10 ދުވަހުގެ މުައްދަތެއް ދީފައެވެ. ސަން އިން ބުނީ މައްސަލައާއި ގުޅޭ ހުރިހައި ލިޔެ ކިޔުމެއް ލިބިފައިވާ ކަމަށާއި ލިޔެކިޔުންތައް ދިރާސާ ކުރުމަށް ވަގުތު ބޭނުންވާ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ސަންގެ ދެ ކުންފުނީގެ މައްޗަށް އުފުލާފައިވާ ދައުވާ އިއްވާފައެވެ. އަދި ދައުލަތުން ދައުވާ އިއްވުމުން ސަން އިން ވަނީ ދައުވާ ސާފުވިކަމަށް ބުނެފައެވެ.

ދައުލަތުން ސަން ކޮންސްޓަރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް އާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ މައްޗަށް މަނީ ލޯންޑްރިންގ ގެ ދައިވާ އުފުލާފައި ވަނީ ޤާނޫނު ނަންބަރު:10/2014 ( މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ހ) އާއި އެ ޤާނޫނުގެ5 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާ ޙަވާލާދީ، އެ ޤާނޫނުގެ53 ވަނަ މާއްދާގެ (ށ) އާއި އެ ޤާނޫނުގެ 58 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

މީގެ އިތުރުން ރައީސް ޔާމީނާއި ކ.މާލެ، މއ. ކުރިކީލަހިޔާ، އަޙްމަދު ކްރިކް ރިޟާ އާއި ސަން ކޮންސްޓަރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް އަދި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ އަތުން މި މައްސަލާގައި ކުށް ކޮށްގެން ހޯދާފައިވާ 1،349885 ޔޫ.އެސް.ޑީ ( އެއްމިލިއަން ތިންލައްކަ ސާޅީސް ނުވަހާސް އަށްސަތޭކަ އަށްޑިހަ ފަހެއް އެމެރިކާ ޑޮލަރު) ނުވަތަ ދިވެހި ރުފިޔާއިން 20،815،226.70 ( ވިހި މިލިއަން އަށްލައްކަ ފަނަރަހާސް ދުއިސައްތަ ސައްބީސް ރުފިޔާ ހަތްދިހަ ލާރި) އާއި ކުށުގެ ޢަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ ފައިސާ 2،295،250 ޔޫ.އެސް.ޑީ (ދެ މިލިއަން ދެލައްކަ ނުވަދިހަ ފަސްހާސް ދުއިސައްތަ ފަންސާސް އެމެރިކާ ޑޮލަރު) ނުވަތަ ދިވެހި ރުފިޔާއިން 35،392،755.00 (ތިރީސް ފަސްމިލިއަން ތިންލައްކަ ނުވަދިހަ ދެހާސް ހަތްސަތޭކަ ފަންސާސް ފަސް ރުފިޔާ) އާއި ޖޫރިމަނާގެ ގޮތުގައި ނަގައިދޭން އެދޭ ފައިސާގެ ގޮތުގައ ި34،689،425 ޔޫ.އެސް.ޑީ (ތިރީސް ހަތަރު މިލިއަން ހަލައްކަ އަށްޑިހަ ނުވަހާސް ހަތަރު ސަތޭކަ ފަންސަވީސް އެމެރިކާ ޑޮލަރު ) ނުވަތަ ދިވެހިރުފިޔާއިން 534،910،933.50 (ފަސްސަތޭކަ ތިރީސްހަތަރު މިލިއަން، ނުވަލައްކަ ދިހަހާސް ނުވަސަތޭކަ ތެއްތިރީސް ރުފިޔާ ފަންސާސް ލާރި) ދަޢުލަތަށް ހޯދުމަށްވެސް މައްސަލައިގައި ވަނީ އެދިފައެވެ. .

ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ޝަރީތުން ވިދާޅުވީ ދެން ބާއްވާ އަޑުއެހުމަށް ދައުލަތާއި ދައުވާ ލިބޭ ފަރާތުން ވެސް ފުރިހަމަ އަށް ތައްޔާރުވުމަށް އެދޭ ކަމަށާއި އަދި ދައުވާ ލިބޭ ފަރާތަށް ބޭނުންވާ އެއްވެސް ލިޔެކިޔުމެއް ލިބިފައި ނުވާނަމަ އެކަން ކޯޓަކަށް އެންގުމަށް އެދޭ ކަމަށް ޝަރީޢަތުން ވިދާޅުވިއެވެ. އަދި ދެން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާނީ ނޮވެންބަރު މަހުގެ 15 ވަނަ ދުވަހު ކަމަށް ޝަރީޢަތުން ވަނީ ބުނެފައެވެ.

މި މައްސަލައާއި ގުޅޭ ގޮތުން ދެ  ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މަނީ ލޯންޑްރިންގެ ކުށެއް ކުރިކަމަށް ބުނެ އެ ކުންފުނީގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކުރާ ކަމަށެވެ. އަދި އެ ކުންފުނީގެ އެންމެހާ މުއާމަލާތްތައް އަބަދުވެސް ހިންގަނީ ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން، ގާނޫނުތަކާ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން އޭގެ ސައްހަކަން ކަށަވަރުކުރެވިގެން ނޫނީ ބޮޑެތި ފައިސާގެ އަދަދުތައް ހިމެނޭ މުއާމަލާތެއް ކުރުމަކީ އެކުންފުނިތަކުން އަމަލުކުރަމުންދާ ގޮތެއް ނޫން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތުގެ ގޮތުގައި ބަޔަކު ނެގި ފައިސާ، އެ ދެ ކުންފުނިން ލޯންޑަރ ކުރި ކަމަށް ތުހުމަތު ކުރާއިރު އެ ކަމުގައި އެއްވެސް ބަޔަކު ރިޝްވަތުގެ ގޮތުގައި އެއްޗެއް ހޯދައި ބަދަލު ކުރިކަން އެނގިފައި ނުވާ ކަމަށް ބަޔާނުގައިވެއެވެ.

ބަޔާނުގައި ބުނެފައިވަނީ އެފަދަ އެއްވެސް ކަމެއްގައި އެ ދެ ކުންފުނިން ބައިވެރިވެފައި ނުވާނެ ކަމަށާއި އެ ކުންފުނީގެ މައްޗަށް އެއްވެސް ޖިނާއީ ކުށެއް ސާބިތުކުރެވޭނެ ހެއްކެއް ހޯދިފައި ނުވާނެކަމަށެވެ.

އެތައް އަހަރެއް ފަހުން، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގުގައި އެ ދެ ކުންފުންޏާ ދިމާއަށް ތަހުގީގު އަމާޒުވުމަކީ ތަހުގީގު ކުރުމުގެ މިސްރާބު ކަސިޔާރުވެފައިވާކަން ދައްކައިދޭ ކަމެއްކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެމްއެމްޕީއާރުސީ މައްސަލައިގެ ތަހުގީގުތަކާއި ދައުވާތައް، ކުށުގެ އަސްލު މޭސްތިރިންނާއި ކުށުން މަންފާ ހޯދި މީހުންގެ ކިބައިން ދުރަށް ފުރޮޅާލެވިގެންދާތީ ހިތާމަ ކުރާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: