ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަން ހުއްޓުވަން އޭސީސީން ކުރާ މަސައްކަތެއް ބަލަންވެއްޖެ: އަފީފް

ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަނުގް މައްސަލަތައް ބެލުމަށް ހަވާލުކޮށްފައިވާ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ކޮރަޕްޝަން ހުއްޓުވަންކުރާ މަސައްކަތެއް މިއަދު ބަލަންޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ރިޕޯޓުތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ އެތައް ކަމެއް ފާހަގަކޮށްފައިވާ އިރު، އެކަން ބަލަން އޮތް މުއައްސަސާގެ ހިލަމެއް ނުވާކަމަށެވެ.

އަފީފް ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވަން އޭސީސީން ކުރަމުންދާ މަސައްކަތެއް ރައްޔިތުންގެ މަޖިލީހުން ބަލަންވެއްޖެ ކަމަށާއި، އަދި އެކަންކަން ބެލުމަށްފަހު އޭސީސީގެ މެންބަރުންވެސް ޒިންމާދާރު ކުރުވަންޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް، އޭސީސީ ފަދަ މިނިވަން މުއައްސަސާތަކުން މަސައްކަތް ކުރަމުންދަނީ އިޚްލާސްތެރިކަމާއި މިނިވަންކަމާއެކުގައިކަން ކަށަވަރު ކުރަންޖެހޭ ކަމަށް އަފީފް ވިދާޅުވިއެވެ. އެނޫންގޮތަކަށް މަޖިލީހުގެ މެންބަރުން ކަންކަން ކުރައްވާނަމަ ކޮރަޕްޝަން ހުއްޓުވުމަކީ އުނދަގޫ ކަމަކަށްވާނެ ކަމަށްވެސް އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުތަކުން ހިންގާފައިވާ ކަންކަން ތަހުގީގުކޮށް ބެލުމުގެ އިތުރުން މިހާރު ކަންކަން ހިނގަމުންދާ ގޮތްވެސް ބަލާ ތަހުގީގުވެސް ކުރަންޖެހެއެވެ. އަދި މިއަދު ހިގަމުންދާ ކަންކަން ނުހުއްޓުވައިފިނަމަ ދުވަހަކުވެސް ދެން ކޮރަޕްޝަނުގެ ކަންކަމެއް ރާއްޖެއަކުން ނުހުއްޓުވޭނެ ކަމަށް އަފީފް ވިދާޅުވިއެވެ.

ކޮވިޑާއި ގުޅިގެން ވެންޓިލޭޓަރުތައް ގެންނަން ހެލްތު މިނިސްޓްރީން ކުރި ޚަރަދުތަކާއި ގުޅިގެން އަފީފް ވަނީ މިނިސްޓަރު އަމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަފީފް ވިދާޅުވި ގޮތުގައި މިނިސްޓަރު އަމީން މިހާރުން މިހާރަށް އިސްތިއުފާ ދެއްވަންޖެހެއެވެ.

”މިއަދު ހެލްތު މިނިސްޓަރު އެބަޖެހޭ އިސްތިއުފާ ދެއްވަން، ހެލްތު މިނިސްޓްރީގެ ބިޑު ކޮމިޓީން ކަމެއް ގޯސްކޮށް ހިނގާފައި އޮތިއްޔާ އެކަމެއް ވާނީ މިނިސްޓަރުގެ އިހުމާލުން، ހެލްތު މިނިސްޓަރު ގޭގައި ހުންނަވައިގެން އެކަމެއް އިސްލާހެއް ނުވާނެ“ އަފީފް

މީގެ އިތުރުން ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ވައިރަހާއި ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އެކަމަށް ޚަރަދު ކުރަމުންދަނީ މާލިއްޔަތުގެ ޤާނޫނާއި އެއްގޮތައްތޯ ރައްޔިތުންގެ މަޖިލީހުން އަދިވެސް ބަލަންޖެހޭ ކަމަށް އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ ”އެމަރޖެންސީ“ ބޭނުމަށް ކަމަށްބުނެ، ބިޑް ހުޅުވާނުލާ ވެންޓިލޭޓަރުތައް ގެނައި އިރު އެ ހަވާލުކޮސްފައިވަނީ ރަގަޅު އަގުގައިތޯވެސް ބަލަންޖެހޭ ކަމަށެވެ. ކުއްލި ހާލަތްތަކުގައިވެސް އަމަލުކުރަން ވަކިގޮތްތަކެއް މާލީ ގާނޫނުގައި އޮތް ކަމަށް އަފީފް ވިދާޅުވިއެވެ.

”ކޮމިޓީގައި ފައިނޭންސް މިނިސްޓަރު އެބަ ވިދާޅުވޭ ތިންމަންނާ ހަމައެކަނި ހުއްދަދިނީ ސިންގަލް ޕްރޮކިއުމަންޓަށް އެކަންޏެ އެހެން ހުރިހާ ކަމެއް އެޕްލައިވާ ގޮތަށް، ދެން އެހެންވިއްޔާ ފިނޭންސް މިނިސްޓްރީން އެގްޒެކިއުޓަރސް ކުންފުންޏަށް އެޑްވާންސް ފޮނުވި އިރު ކީއްވެތޯ މިނިސްޓްރީން ނުބެއްލެވީ“ އަފީފް

އަފީފް ވިދާޅުވީ ސަރުކާރުގެ ވަޒީރުން ކަންކަން ސިއްރު ކުރަންޖެހިވަޑައިގަންނަވާ ސަބަބެއް ނޭނގޭ ކަމަށެވެ. އަދި އެގޮތަށް އަމަލު ކުރައްވާނަމަ ރައްޔިތުން މި ސަރުކާރުގެ އިޚްލާސްތެރިކަމާއިމެދު ސުވާލު އުފައްދަވާނެ ކަމަށްވެސް އަފީފް ވިދާޅުވިއެވެ.

ސަރުކާރު ޖަވާބު ދާރީ ކުރުވަން ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް ހުރިކަން ފާހަގަ ކުރައްވާ އަފީފް ވިދާޅުވީ ވަޒީރުންނާ މަޖިލީހުގެ ކޮމިޓީތަކާއި މަޖިލީހުގެ ތަޅުމަށް ހާޒިރުކޮށް ސުވާލު ކުރަންޖެހޭ ކަންކަންވެސް ހުންނަ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: