ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓް ހިތި އެއްޗެއްގެ ގޮތުގައި ފެންނަނީ ރައީސް ޔާމީންގެ ޤައުމު ދަރުވާލާފައި ވާތީ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު : ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ހިތި އެއްޗެއްގެ ގޮތުގައި ފެންނަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޤައުމު ދަރުވާލާފައިވާތީކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް 2 އަހަރު ފުރުމުގެ މުނާސަބަތުގައި އެމްޑީޕީގެ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ ދަރަނީގެ ވާހަކަދައްކަން އިދިކޮޅު ފަރާތްތަކުން ލަދުގަންނަންޖެހޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުން އެކަނިވެސް އަންނަ އަހަރު ރައީސް ޔާމީން ނަގާފައިވާ ދަރަންޏަށް 5 ބިލިޔަން ރުފިޔާ ދައްކަންޖެހޭކަމަށެވެ. ނަމަވެސް މިދަރަނި ދެއްކުމުގައި މިސަރުކާރުން ކާމިޔާބް ހޯދާނެކަމަށާއި، އެމްޑީޕީ ވެރިކަމުގައި އޮއްވާ ރާއްޖެ ދަރަނިވެރި ވިޔަ ނުދެއްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖެ މިއަދު މިހާތަލަތުގައި އޮތީ ޗައިނާގެ ސަބަބުންކަމަށާއި ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާއިން ނަގާފައިވާ ލޯނުތަކާއި، ދަރަނިތައް ހޯދަން މިއަދު ކެނޑިނޭޅި އެ ޤައުމުން މަސައްކަތް ކުރަމުންދާއިރު، ދުނިޔެ މިހާރު އޮތް ހާލަތަށްވެސް ނުބަލަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާވީ މިސަރުކާރުން އަހަރުގެ ބާކީ އޮތްބައިގައި ދަރަނީގެ ގޮތުގައި ޗައިނާއަށް 86 މިލިޔަން ޑޮލަރު ދައްކަންޖެހޭ ކަމަށެވެ. އަދި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމު ޗައިނާއިން ގެންގުޅެނީ ދުނިޔެ ދަންނަ އިސާފެއް ނޫންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

”ދަރަނީގެ ވާހަކަ ވާދަވެރިން އަޅުގަނޑުމެންނާއި ދައްކަން އެއަށް ވުރެ ވަކި ލަދުވެތި ވާހަކައެއް ނޯންނާނެ. ރާއްޖެ ދުވަހަކު ވެސް ނުދެކޭ މިންވަރަށް ދަރަނިވެރި ވީއިރު ދެންވެފައި އޮތް ގޮތް އަދި މާ ހިތާމަވެރި. 100 މިލިއަން ޑޮލަރު ނެގީ، އުފެއްދި ހަރުމުދަލުގައި ބަލާލިއިރު 50 މިލިއަން ޑޮލަރެއް ނެތް. ދެން އެ ހަރުމުދާ ބޭނުންކޮށްގެން ވިޔަފާރިގެ އެއްވެސް ހަމައެއް ވިދާޅުވެދެއްވާ މި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދެއްކޭނެ“ ނަޝީދު

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ދިވެހި ރައްޔިތުން އެންމެ ބަލިވި ގަޑީގައި އެ ފައިސާ ހޯދަން ޗައިނާ އިން އުޅުމަކީ މުޅި ދުނިޔެވެސް ދަންނަ އިންސާފެއް ނޫން ކަމަށާއި، އެކަން އެގޮތަށް މެދުވެރީ، ކުރީގެ ސަރުކާރުން އަމަލުކުރި ގޮތުން ކަމަށެވެ.

ހުރިހާ ދަތިކަމެއްގެ ތެރެއިންވެސް ރާއްޖޭގެ މާލިއްޔަތަށް އެމްޑީޕީ ސަރުކާރެއްގައި ގެއްލުމެއް ނުލިބޭނެ ކަމަށާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ނެގި ހުރިހާ ލޯނުތަކެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަނބުރާ ދައްކާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

”މިއަދު މި ބަޖެޓު ފެންނާންއޮތް ގޮތް ކިތަންމެހާވެސް ހުތުރު. އެހެން ނަމަވެސް، ތަކުރާރުކޮށް ދަންނަވާނަން، މި ހުތުރު ކަމަކީ އަޅުގަނޑުމެން ގެނައި ހަޑި ހުތުރުކަމެއް ނޫނޭ. އެހެން ބައެއްގެ ދަރަނި ދައްކާންވެގެން އަޅުގަނޑުމެންގެ އަމިއްލަ ފައްޓަރުބައި މި ވިއްކާލަންޖެހެނީ،“ ނަޝީދު

ނަޝީދު ވިދާޅުވީ 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ޗައިނާ އިން ރާއްޖެއަށް އިންތިހާއަށް ލޯނު ދީފައިވާއިރު، އޭގެ ތެރެއިން ގިނަ ލޯނުތަކުގެ ގްރޭސް ޕީރިޑް ހަމަވެ، އޭގެ ބޮޑު ބައެއް މިހާރު އަނބުރާ ދައްކަންޖެހިފައިވާ ކަމަށެވެ.

ޗައިނާއިން ނަގާފައިވާ ލޯންތައް ފަސްކޮށް ދިނުމާއި ގުޅޭގޮތުން ފެށިފައިވާ މަޝްވަރާތަކުގެ ނަތީޖާ ރަނގަޅުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަނީ ވިދާޅުވެފައެވެ.

ކުރީގެ ސަރުކާރުގައި ރާއްޖޭގައި ހިންގި ބިޔަ މަޝްރޫއުތަކަށް ޗައިނާ އިން ދީފައިވާ ލޯނުތަކާ ގުޅިގެން ދެ ފަރާތުގެ ދެމެދުގައި ބޮޑެތި ތުހުމަތުތަކެއް ހިނގަމުންދަނިކޮށް ސަފީރު މިއަދު އާންމު ކުރެއްވި ވީޑިއޯ މެސެޖްތަކެއްގައި ވިދާޅުވީ ޗައިނާއިން ނަގާފައިވާ ކޮމާޝަލް ލޯނުތައް ފަސްކުރުމުގެ މަޝްވަރާ ފެށިފައިވާ ކަމަށެވެ.

ގިނަ ލޯނުތަކަކީ ސަރުކާރުގެ ކުންފުނިތަކުން ނަގާފައިވާ ލޯނުތަކެއްކަން ފާހަގަކުރައްވާ ސަފީރު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގެ މި ހާލަތުގައި ލޯނު ދައްކަން ގޮންޖެހުންތައް ހުންނާނެ ކަމަށް ޗައިނާއިން ގަބޫލުކުރާ ކަމަށް ސަފީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އަބަދު ދޮގުހެދުމުގެ ބަދަލުގަ އިސްލާހު ވެ ތެދުބަހުން ވާހަކަ ދެއްކުމަށް ނަސޭހަތްތެރިވަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: