މިއަދު ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒްޓިވްވެފައިވަނީ 68 މީހުންނެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 36 ދިވެހިންނާއި 32 ބިދޭސީން ހިމެނޭ ކަމަށެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12،452 އަށް އަރާފައެވެ.
ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 925 ކޭސް އެވެ. މި ބަލިން 11،475 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 73 މީހަކަށެވެ. މި ބަލީގައި 45 މީހަކު ވަނީ ނިޔާވެފައެވެ.

