ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްރާނަށް އިތުބާރު އޮތް ކަމަށް އެމްޑީޕީ ޕީޖީން ނިންމައިފި

ރައީސް ނަޝީދު އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ:ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަކިކުރަން އިދިކޮޅު ކޯލިޝަންގެ ފަރާތުން މަޖިލީހަށް ވެއްދި މައްސަލައަށް ތާއީދު ނުކުރަން އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުން ނިންމައިފިއެވެ.

އިމްރާނަށް އިތުބާރު އޮތްކަމަށް ނިންމާފައިވަނީ މިއަދުގެ އެމްޑީޕީ ޕީޖީ ބައްދަލުވުމަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހަށް އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅުން ވައްދާފައިވަނީ މިނިވަން ދެ މެމްބަރުންގެ ގޮތުގައި ތިއްބެވި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމްއާއި، ވިލިމާލެ ދާއިރާގެ މެމްބަރުން އަހުމަދު އުޝާމްގެ ސޮޔާއިއެކު 11 މެމްބަރުންގެ ސޮޔާއިއެކުގައެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދޭނީ 10 މެމްބަރުންގެ ސޮޔާއިއެކުގައެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސަށް ދެ ގަޑިއިރު އާންމު ކޮމިޓީން ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން މިނިސްޓަރު އިމްރާނަށް ފަށާއިރުއާއި މެދުތެރެއިން އަދި ނިންމާއިރު މިނިސްޓަރަށް 10 މިނެޓް ލިބިވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ހުޅުމާލޭގައި ސަފާރިއެއްގައި ބިދޭސީ އަންހެންމީހަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލާގައި ހިނގާފައިވަނީ އާންމު ތަނެއްގައިވެސް މީހަކު ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަތާއި ގުޅިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: