ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

86 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފި

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް، ސަންގުޓީވީގެ ހަބަރަށް ފަހު ޕްތޮގުރާމުގައި: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޖުމްލަ 86 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވީ އިއްޔެގެ ނިޔަލަށް އެމްޑީޕީގެ ފަރާތުން ކައުންސިލަށް އިންތިހާބަށް ކުރިމަތިލާން ނިންމި 21 ކެންޑިޑޭޓަކާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރަން ނިންމި 20 ފަރާތެއް ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

އަދި އިދިކޮޅު ޕީޕީއެމް އިން ކައުންސިލަށް  ކުރިމަތިލާން ނިންމި 10 ކެންޑިޑޭޓަކާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރަން ނިންމި ދެ ފަރާތެއް ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އަދި މީގެގ އިތުރުން ކައުންސިލަށް އިންތިހާބަށް ޖޭޕީން ކުރިމަތިލާން ނިންމި ހަ ފަރާތަކުން ނަން އަނބުރާ ގެންގޮސްފައިވާއިރު، އަމިއްލަ ގޮތުން ކައުންސިލް އިންތިހާބުގައި ވާދަކުރަން ނިންމި 22 ފަރާތަކުން ނަން އަނބުރާ ގެންގޮސްފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އަދި އަމިއްލަ ގޮތުން އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރަން ނިންމި 5 ފަރާތެއް ވެސް ނަން އަނބުރާ ވަނީ ގެންގޮސްފައެވެ..

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: