މި އަހަރު ރާއްޖެއަށް ގެންނަން އަމާޒުކުރި ފަސް ލައްކަ ޓޫރިސްޓުންގެ ޓާގެޓް މިއަދު ހާސިލްކޮށްފި އެވެ.
ރާއްޖެއަށް ޒިޔާރަތް ކުރި ފަސްލައްކަ ވަނަ ފަތުރުވެރިޔާއަކީ އަންހެން ފަތުރުވެރިއެކެވެ. އޭނާ އަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ހާއްސަ ރަަސްމިއްޔާތެއް ބާއްވައިފައެވެ.
މިއަހަރުގެ 5 ލައްކަވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އައި އިރު، ކުރިން ލަފާކުރި ގޮތުންފަސް ލައްކަވަނަ ފަތުުރުވެރިޔާ އަންނާނެކަމަށް ކުރިން ލަފާކުރީ މިމަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ސަރުކާރުން ކަނޑައެޅި އަމާޒަށް އޭގެކުރިން ވާސިލުވާނެކަމަށް މީގެ ކުރިން ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ކޮވިޑް19ގެ ބަލިމަޑުކަމާއެކު މާޗު 27 އިން ފެށިގެން ޖުލައި 15 އާއި ހަމައަށް ރާއްޖޭގެ ބޯޑަރު އޮތީ ބަންދުކޮށްފައެވެ. ޖުލައި 15 ގައި ބޯޑަރު ހުޅުވާލިފަހުން އެއްލައްކަ ފަތުރުވެރިޔާ ރާއްޖެ އައީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

