ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްއިން ނަގުދު ފައިސާ ނެގޭ އަދަދު ދެ ލައްކަ ރުފިޔާއަށް ލިމިޓް ކުރަން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންނަށް ދުވާލެއްގެ މައްޗަށް ނަގުދު ފައިސާގެ ގޮތުގައި ގިނަ ވެގެން 200،000 ރުފިޔާ ނެގޭގޮތަށް ހެދުމަށް ނިންމައިފި އެވެ.

ބީއެމްއެލްއިން މިގޮތަށް ނިންމީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މިމަހުގެ ކުރީކޮޅު އެގޮތަށް އެންގުމާ ގުޅިގެންނެވެ. އެގޮތުން އެމްއެމްއޭއިން ބުނެފައިވަނީ މި މަހުގެ 31 އިން ފެށިގެން ނަގުދު ފައިސާގެ ގޮތުގައި އެންމެ ގިނަ ވެގެން ނެގޭނީ 200،000 ރުފިޔާ ކަމަށެވެ.

އެކަމާ ގުޅިގެން ބީއެމްއެލް އިން މިއަދު ބުނެފައިވަނީ އެމްއެމްއޭގެ ނިންމުމާ އެއްގޮތަށް މި މަހުގެ 31 ވާ ބުރާސްފަތި ދުވަހުން ފެށިގެން ކަސްޓަމަރުންނަށް ނެގޭނީ ދުވާލެއްގެ މައްޗަށް 200،000 ރުފިޔާ ކަމަށެވެ.

އެގޮތަށް ނިންމާފައިވަނީ އިލެކްޓްރޯނިކް ޓްރާންސްއެކްޝަންތަކަށް ބާރުއަޅައި ނަގުދު ފައިސާ ބޭނުންކުރުން މަދުކުރުމަށް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: