ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޒާރު، ލަތީފަށް: ގަމުގެ ރަންވޭ ދުވާ ޓްރެކް އަކަށް ހަދަން ވައުދު ވުމަކީވެސް ގާތްކަމެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގެ މޭޔަރަކަށް އިންތިހާބުވެއްޖެނަމަ މިހާރު އިމާރާތް ކުރަމުންދާ ޕޮލިސް އެކެޑެމީ ހޮޓަލަކަށް ބަދަލުކުރައްވާނެ ކަމަށް އައްޑޫގެ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރާ މުހައްމަދު ލަތީފު ވިދާޅުވުމުން އައްޑޫ ސިޓީ މޭޔަރުގެ މަޤާމަށް އެމްޑީޕީ ޓިކެޓްގައި ވާދަ ކުރައްވާ އަލީ ނިޒާރު ރައްދު ދެއްވައިފިއެވެ.

ރޭ ”ޗެނަލް 13“ ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ލަތީފް ވިދާޅުވީ އިންޑިއާގެ އެހީގައި އައްޑޫގައި ބޮޑު ޓްރޭނިން ސްކޫލެއް އަޅަމުންދާއިރު އިންޑިއާގެ ނޫސްތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އިންޑިއާގެ ނޭވީ ބޭސްއެއް ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ވަރަށް ގިނަ ރައްޔިތުން ސުވާލު ކުރަމުންދާ ކަމަށާއި ނަމަވެސް އެ ސުވާލަށް އައްޑޫ ކައުންސިލުން ވެސް، ފޮރިން މިނިސްޓްރީ އަދި އިންޑިއާގެ އެމްބަސީން ވެސް ޖަވާބެއް ދީފައި ނުވާ ކަމަށް ލަތީފް ވިދާޅުވިއެވެ.

ލަތީފްގެ މިވާހަތަކާ ގުޅިގެން އަލީ ނިޒާރު ވިދާޅުވީ މިބޭފުޅުންގެ ފިކުރަކީ މިއަދު ވީރާނާ ފިކުރެއްކަން ރައްޔިތުން ގަބޫލު ކުރާކަމަށެވެ. އަލީ ނިޒާރު ވަނީ އައްޑޫ ސިޓީގެ ބައެއް ރަށްތަކަށް ނިމިދިިޔަ ސަރުކާރުން ގެންނެވި ބަދަލުތަކުން ވެފައިވާ ގެއްލުންތަކުގެ ވާހަކަވެސް ކުރެއްވި ޓްވީޓުގައި ހިމަނާފައެވެ.

”ގަމުގެ ރަންވޭ ދުވާ ޓްރެކް އަކަށް ހަދަން ވައުދުވުމަކީވެސް ގާތްކަމެއް. އީސީސީ، ސިޓީ ސްކޮއާ ދޮންދީނާ މޮމެންޓް، ފޭދޫ އަދި މަރަދޫ ބޮޑު މަގަށް ގޮތް ބަލަންތިބީ އައްޑޫ ރައްޔިތުން. އެއީ ވީރާނާ ފިކުރެއް.“ އަލީ ނިޒާރު ވިދާޅުވިއެވެ.

މިއަހަރުތެރޭ އައްޑޫ ޕޮލިސް އެކަޑެމީ ހުޅުވަން މަސައްކަތް ކުރަމުން އަންނަ އިރު އިދިކޮޅު ފަރާތްތަކުން މިއީ އިންޑިއާގެ މިލިޓަރީ ބޭސްއެއް ކަމަށް ތުހުމަތު ކުރި ނަމަވެސް ސަރުކާރުން އަންނަނީ ތަކުރާރުކޮށް އެ ވާހަކަތައް ދޮގުކުރަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: