ފެންބޮޑު ނުވާނެ ކަމަށް ބުނި ކަނބާ އައިސަރަނި ހިނގުމުގައި މިއަދު ހެނދުނު ފެންބޮޑުވެއްޖެއެވެ.
އެމަގުގައި ފެންބޮޑުވެފައި ވަނީ، ރޭ މާލާއަށް ކުރި، ވިއްސާރައިގެ ސަބަބުންނެވެ.
އެމަގަކީ، އަދުގެ ސަރުކާރުން މާލޭގެ މަގުތައް އަލުން ހެދުމުގެ ބޮޑު މަޝްރޫއުގެ ދަށުން ހެދި އަލަތު މަގުކަން ފާހަގަ ކޮށްލެވެއެވެ. އަދި އެމަގު ހުޅުވުމަށްފަހު އެމަގަކީ، ފެންބޮޑު ނުވާނެ މަގެއް ކަމަށް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކާއި، އެމަގު ހެދުމުގައި އިސްކޮށް އުޅުނު މީހުން ވަނީ ބުނެފައެވެ.
ނަމަވެސް މިއަދު އެމަގުގައި ފެންބޮޑުވެފައި އޮތް މަންޒަރު ފެންނަ ފޮޓޯތައް މިހާރު ދަނީ ސޯސަލް މީޑިއާގައި ދައުރުވަމުންނެވެ.
އެމަގުގައި ފެންބޮޑު ނުވާ ކަމަށް، މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފްވެސް ވަނީ ވިދާޅުވެފައިވާއިރު، އިދިކޮޅު ފަރާތްތަކުން އަންނަނީ ފެންބޮޑުވެފައިވާ ފޮޓޯތައް ހިއްސާކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.


One Response
ލިއުން ތެރިޔާ ގެ ޚިޔާލު އެހާ ޢިބުރަތް ތެރިއެއްނޫން