އިންޑިއާގައި ކޮވިޑް-19 ގެ ވެކްސިން ޖެހުމުގެ ޕްރޮގްރާމުގެ ދަށުން ފުރަތަމަ ބުރުގައިވެސް 300 މިލިޔަން މީހުންނަށް ވެކްސިން ޖެހުމަށް އަމާޒުހިފަަަަަަަަަައިފއެވެ.
އިންޑިއާގެ ބައެއް މީޑިއާތަކުން ބުނާގޮތުން މި ބުރުގައި ވެކްސިން ޖަހާ މީހުންގެ ތެރޭގައި އާންމުންގެ 270 މިލިޔަން މީހުންގެ އިތުރުން 26 މިލިއަން ކުޑަކުދިންނާއި، ކޮވިޑް އާ ދެކޮޅަށް ހަރަކާތްތެރިވާ ޑޮކްޓަރުން، ނަރުހުން، ސިއްހީ ޚިދުމަތްތެރިން ގެ 30 މިލިއަން މީހުން ހިމެނެއެވެ.
ވެކްސިން ޖެހުމުގެ ހަރަކާތް ފައްޓަވައި ދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެވެ.
އިންޑިޔާގެ އެކި ސްޓޭޓްތަކުގައި ގާއިމްކޮށްފައިވާ ވެކްސިންދޭ 3006 މަރުކަޒަކަށް ވެކްސިންގެ 16.5 މިލިއަން ޑޯޒު މިހާތަނަށް ވަނީ ގެންގޮސްފައިި ކަމަށް އެގައުމުގެ މީޑިއާ ތަކުގައިި ރިޕޯޓް ކޮށްފައިވެއެވެ.

