ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު އާޝޯހްވެފައި، އެކި އޭންގަލްތަކުން ބަލަނީ ރައީސް ޔާމީންގެ ތަރައްޤީ: ޖަމީލް

ޑރ މުހައްމަދު ޖަމީލާއި ކުރީގެ ރައީސް އބްދުﷲ ޔާމީން
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން އާޝޯހްވެފައި، އެކި އޭންގަލްތަކުން ބަލަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަރައްޤީ ކަމަށް އެ ސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުލޭގައި ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވައި ލެއްވުމަށް ރައީސް ޞާލިހު ކުރެއްވި ޒިޔާރަތާ ގުޅިގެންނެވެ. ކުރައްވަމުންދާ ޒިޔާރަތްތަކަށް އިޝާރާތް ކުރައްވައެވެ.

އެގޮތުން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު އާޝޯހްވެފައި، އެކި އޭންގަލްތަކުން ބަލަނީ ރައީސް ޔާމީންގެ ތަރައްޤީ ކަމަށާއި ބޭސްމަލަންކޮޅެއް އެޅުނަސް ސަރުކާރަށް ހީވަނީ އާ އުސްމިންތަކަކަށް ދެވުނީހެން ކަމަށެވެ.

”ރައީސް ޔާމީންގެ ސިންތެޓިކް ޓްރެކާ، ޒުވާނުންނަށް މުޅިރާއްޖޭގައި ހިންގެވި ޕޮރްގްރާމްތަކަކީ / ފެސިލިޓީތަކަކީ އަސްލު ބިންގާ.“ ޖަމީލް ވިދާޅުވިއެވެ.

މާލޭގައި އެޅި ސިންތަޓިކް ޓްރެކް ހުޅުވާފައިވާއިރު، މިއީ ރާއްޖޭގައި މިހާތަނަށް އެޅި ސިންތަޓިކް ދެވަނަ ޓްރެކެވެ. ފުރަތަމަ ޓްރެކް އަޅާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: