ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ކޮވިޑު ކްލަސްޓާ: ކޮންޓެކްޓެއް ޕޮޒިޓިވްވެ އަދަދު 04 އަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ހިތަދޫން ޕޮޒިޓިވްވި ދެމީހުންނާއި ކޮންޓެކްޓުވެ ބައްޔަށް ޓެސްޓުކުރި އިތުރު މީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މި ކްލަސްޓާއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 4 އަށް އަރާފައެވެ.

އައްޑޫގައި ކޮވިޑަށް ޕޮޒިޓިވްވި ދެ މީހުންނަކީ މާލެއިން ޓީމެއް އައިސް ހިންގި އޭވިއޭޝަންގެ ކޮމާންޑުގެ ޓްރެއިނިންގައި ބައިވެރިވި ބައެކެވެ. އަދި އެކަން އައްޑޫ މޭޔަރު ވަނީ ”ސަންގު“އަށް ކަށަވަރުކޮށް ދެއްވާފަ އެ‘

ފަހަކަށް އައިސް އެޗްޕީއޭއިން ދޫކުރާ، ހާއްސަ ހުއްދައިގެ ދަށުން ރަށްތަކަށް ދާ މީހުން ކޮވިޑަށް ޕޮޒިޓިވްވުން ވަނީ އިތުރުވެފައެވެ. އެ އުސޫލަށް ބަދަލު ގެނެސްފައިވާކަމަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްއީއޯސީއިން ބުނި ނަމަވެސް، ޓްރެއިނިން ޕްރޮގްރާމުތަކާއި، މަޝްރޫއުތައް އިފްތިތާހު ކުުރުމަށް މާލެއިން ރަށްތަކަށް ޓީމުތައް ދަތުރު ކުރެއެވެ.

މިއަދު އައްޑޫއިން ކޮވިޑަށް ޕޮޒިޓިވްވި ދެ މީހުންނަކީ ވެސް، ބަލީގެ އަލާމަތްތަކާއި އެކު ފްލޫ ކްލިނިކަށް ރިޕޯޓު ކުރި ބައެކެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ހުޅު-މީދޫ އެމްޓީސީސީ ސައިޓުގައި މަސައްކަތް ކުރަމުންދިޔަ 18 ބިދޭސީއަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެ ކޭސްތަކާ ގުޅިގެން އެ ރަށަށް ވެސް އޮތީ މޮނީޓަރިން ހާލަތުގައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: