ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް ގޮއްވާލަން ޖެހޭ ކަމަަށް ބުނި މައްސައެއް ފުލުހުންގެ ސަމާލުކަމަަަށް

ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށް ގެންދިޔަ ޖަލްސާއެއްގެ ތެރެއިން. ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލިސް ގޮށްވާލަން ޖެހޭކަމަށް ބުނި މައްސަލަ ފުލުހުންނާއި ސިފައިންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް މަޖިލީހުން ބުނެފިއެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާއެއް ޓީވީ ޗެނަލަކުން ލައިވް ސްޓްރީމްކުރަމުން ދަނިކޮށް ފޭސްބުކްގެ ކޮމަންޓް ސެކްޝަންގައި މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނެ ކޮމެންޓެއް ކުރި މީހެއް މައްސަލައެއް މިއަދު މަޖިލީހުގެ ރިޔާސަތުގެ ސަމާލުކަމަަށް ގެނައީ މެމްބަރު މީކާއިލް އަހުމަދު ނަސީމްއެވެ.

މަޖިލީހުގެ ރިޔާސަތުގައި މިއަދު އިންނެވި ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، މަޖިލިސް ގޮށްވާލަން ޖެހޭކަމަށް ބުނެ ލިޔެފައިވާކަން ސަމާލުކަމަށް އައުމާއެކު މަޖިލީހުގެ އަމީންއާންމު އެ ކަން ފުލުހުންނާއި ސިފައިންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިމަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ޓެރަރިޒަމާ ގުޅޭ މައްސަލަަތައް އަވަހަށް ތަހުގީގު ކުރުމަށްވެސް އިއްޔެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. މަގޭވާހަކައަކީ އެޓީވީޗެނަލްގެ ޒިންމާއަކަށްވާންޖެހޭނޭ އެފަދަ ކޮމެންޓްުގެ މައުލޫމާތު ފުލުހުންނަށް ހިއްސާކުރުން. އަދި އޮންލައިން ނޫސްތަކުންވެސް މިފަދަކޮމެންޓްތައް ފުލުހުންނަށް ހިއްސާކުރުމަކީ ކުރަންޖެހޭ ކަމަކަށް ނުވަނީތޯ.

  2. ޢެފަދަ މީހުނާ މެދު ފިޔަވަޅު އަޅަން ފެނޭ،

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: