ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓުތަކުގެ މަސައްކަތް މެދު ކަނޑާނުލުމަށް އުއްތަަ ފަނޑިޔާރު އަންގަވައިފި

އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަސިމް ޢަދުނާން—
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް ކޯޓުތަކުން ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތަކާއި ޝަރީޢަތުގެ މަޖްލިސްތަކާއި ކާވެނީގެ މަޖިލީސްތައް ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް އުއްތަމަ ފަނޑިޔާރު އަންގައިވައިފިއެވެ.

ކޯޓުތަކުން މިހާލަތުގައި އަމަލު ކުރަންވީ ގޮތާއި ގުޅޭގޮތުން އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވާނީ، ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހު ނެރުނު “އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ އިރުޝާދު” އާ އެއްގޮތަށް ހުރިހާ ކޯޓަކުންވެސް މަސައްކަތް ކުރިއަށް ގެންދެވުމަށެވެ.

އެގޮތުން ކޯޓުތަކަށް މައްސަލަ ހުށަހެޅުމާއި، އެހެނިހެން ހިދުމަތްތަކަށް އެދި ހުށަހެޅުމާއި، ފައިސާ ދެއްކުމާއި، މައުލޫމާތު ސާފުކުރުމާއި އެފަދަ އެހެން ކަންކަމަށް ކޯޓުތަކަށް އާއްމުން ހާޒިރުވާންނުޖެހި އެ ހިދުމަތްތައް ލިބޭނޭ އިންތިޒާމް ހަމަޖައްސަންވުމަށް ވަނީ ދަންނަވާފައެވެ.

ހަމަ މިއާއިއެކު ޝަރީޢަތްތަކާއި ގުޅިގެން ކޮންމެހެން ހާޒިރުވާންޖެހޭ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުން އޮފީހަށް ހާޒިރުވާންނުޖެހި ގޭގައި ތިބެގެން އޮފީހުގެ މަސައްކަތްތައް ކުރެވޭނޭ އިންތިޒާމް ހަމަޖައްސެމާއި، ގޭގައި ތިބެގެން މަސައްކަތްކުރި ކަމުގައި ވިޔަސް ރަސްމީ މަސައްކަތުގަޑީގައި މަސައްކަތުގައި އުޅޭކަން ޔަގީންކުރުމުގެ ގޮތުން އެ ދުވަހެއްގެ މަސައްކަތް ފެށި ގަޑިއާއި ނިންމި ގަޑި އާއި އެ ދުވަހެއްގައި ކުރި މަސައްކަތް އެނގޭނޭ ގޮތަށް ރެކޯޑް ބަލަހައްޓަންވާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރެކްޓިކްސް ޑައިރެކްޝަންގައި ބަޔާންކޮށްފައިވާ ގޮތަށް، މައްސަލައިގެ ބާވަތުން ކޮންމެހެން ކޯޓަށް ހާޒިރުވެގެން ކުރިއަށް ގެންދަންޖެހޭ މައްސަލަތައް ހިންގުމަށްޓަކައި ކޯޓަށް ހާޒިރުވާންޖެހޭ މުވައްޒަފުންނާއި، ސެކިއުރިޓީ ބެލެހެއްޓުމަށާއި ފޮޅާސާފުކުރުން ފަދަ ކަންކަމަށާއި، ކޮންމެހެން ކުރަންޖެހޭ މަރާމާތުތަކަށާއި މިފަދަ އެހެން ކަންކަމަށް ނެރެންޖެހޭ މުވައްޒަފުންވެސް ރައްކާތެރި ޚާއްސަ ފިޔަވަޅުތަކާއެކު ނެރުމަށް އުއްތަަމަ ފަނޑިޔާރުވަނީ އިރުޝާދު ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: