ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލުމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކައިލް ނަސީމް ފާޑުވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި އެ މައްސަލަ ބެލުމަށް ނުފެންނަ ކަމަށް ނިންމައި ބޭރުކޮށްލަން ހުށަހެޅުއްވީ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އެވެ. ނާޒިމްގެ އެ ހުށަހެޅުމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ފިޔަވައި އެހެން މެމްބަރުން ތާއީދު ކުރެއްވިއެވެ.
މައްސަލަ ބޭރުކޮށްލަން ވޯޓު ދިން މެމްބަރުންގެ ތެރޭގައި އެމްޑީޕީގެ މެމްބަރުން ވެސް ހިމެނޭއިރު، އެ ކޮމިޓީގައި އެމްޑީޕީ 8 މެމްބަރުން ތިއްބަވައެވެ.
މިކަމާ ގުޅިގެން ނުރުހުން ފާޅު ކުރައްވައި ކޮމިޓީގައި ތިއްބެވި އެމްޑީޕީ މެމްބަރުންނަށް އިޝާރާތް ކުރައްވައި މިކައީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ ފޮޓޯ ވިއްކައިގެން ހޮވިގެން، އެންމެ ހާލުގާ އޮންނެވި ދުވަހު، ކަރަށް ފައިންއަރަން ހިފާލާނީ ވަރަށް ގޮތެއްފޮތެއް ނެތުމުން ކަމަަށެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮތް ކޮމެޓީގެ އެ ނިންމުމާ ޕާޓީތެރެ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ޕާލިމަންޓަރީ މެންބަރުންގެ ވަޓްސްއަޕް ގުރޫޕާއި ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ގުރޫޕްގައިވެސް ހޫނު ބަހުސްތަކެއް ވަނީ ހިނގާފައެވެ.
މަޖިލީހުގެ އިމްތިޔާޒާއި ހުރުމަތާއި ގަދަރަށް އަރައިގެންފައިވާ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލުގެ މައްޗަށް ޖިނާއީ ދައުވާކޮށްދޭން މަޖިލީހުން ވަނީ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުގައި ވެސް އެދިފައެވެ. ނަމަވެސް އެ މައްސަލައިގައި ޕީޖީ އޮފީހުން ދައުވާކުރުމަށް ނިންމިކަން އަދި ކަށަވަރުވެފައެއް ނުވެއެވެ.


8 Responses
ރައްޔިތު މީހާ އިންތިހާބު ކުރީމާ ރައްްޔިތުމީހާ ހާލު ނުބަލާ، ރައްޔިތު މީހާ ވާހަކަ ނުދައްކާ، އަންނި ވާހަކަ އަބަދު ތި ދައްކަނީ ހާދަ ގޮތެއް ފޮތެއް ނެތީމައޭ ދޯ..
ހަބަރު ލިޔަން ދަސްކުރައްވާށެވެ. ހަބަރު ކިޔާ ނިމުނުއިރު ވެސް ތިޔަބުނާ ފޮޓޯ ވިއްކައި ވޯޓުދިން ބަޔަކު އެނގޭކަށް ނެތެވެ. އަސްވާޑު ކައިރިން އަހާލަން ބޭނުންވަނީ ހަބަރަކީ ކޮބައިތޯއެވެ؟
މީކާއީލު ތިޔަ އުޅެނީ އޮޅިގެން.. ނަޝީދު ނިކުތްނަމަ ބޮޑު ކޯލިޝަން އެމްޑީޕީ ފަޅިއަށް ނޭރީސް. އެމީހުން ނެތްނަމަ ވެރިކަމެއް ނުލިބޭނެ އެމްޑީޕީއަކަށް.. އެހެންވެ އަހަރެމެން މި ކިޔަނީ ޔާމީނު ހެދި އެންމެ ބޮޑު މިސްޓޭކަކީ ނަޝީދަށް އިންތިޚާބުގަ ވާދަނުކުރެވޭ ގޮތް ހެދުމޭ.. ނަޝީދު ތިހާ މޮޅިއްޠާ ހޮވިބަލަ އެކަނި ނިކުމެގެން..
ޢެކަނި ނިކުމެ އެންމެ ގިނަ ވޯޓް ހޯދީ ކާކު
ޜައްދެއް ކަމަށް މިބަލަނީ
ނިކް އައް ބުނެލަން އޮތީ އެކަނި ނުކުމެ ޔާމިން އައް ވެރިކަމައް އާ ދެވިދާނެހޭ؟؟ ޙަނދާން ނައްތާލާ އޭރުން
މިވެނި އެވެނި ކަންކަން ކޮށްދޭނަމޭ، ހާލު ބަލާނަމޭ، ފޯނު ނަގާނަމޭ ކިޔައިގެން މޮޅު ވާހަކަ ދެއްކީމަ އަހަރުމެން ކަލެއަށް ވޯޓު ދިނީ. ދުވަހަކު ފޯނެއް ނުނަގާ. ދުވަހަކު ބައްދަލެއް ނުވޭ. ދުވަހަކު ހާލެއް ނުބަލާ. ވަކި މީހަކާހުރެ ހޭބަލިވެ، ވަކި މީހަކުގެ މަސްލަހަތު އިސްކޮށް، ވަކި މީހަކު ހިމާޔަތް ކުރަން ހުރިހާ ހަކަތައެއް ހުސްކުރަމުން ތިދަނީ. ރައްޔިތަކާ ރައްޔިތެއް. އަނގަ ހުޅުވަނީ ހާދަ އަގަލު މަދުވީމައޭ. ދެން ނިކަން އައިސްބަލަ ވައުދުނާމާ ހިފައިގެން. ނިކަން ރީއްޗަށް ވޯޓު ދޭނަމޭ.
ކިރުބޯ ކުދިންނަށް 80،000ރ މުސާރަ އަށް ލިބުމަކީ ދުނިޔޭން މޮޔަވެ ހިޖުރަ އޮޅޭވަރު ކަމެއް. ގައުމުގަ ކިޔަވައިގެން ތިބި މީހުނާ ތަޖްރިބާކާރުން ތިއްބާ ރަގަޅަށް ތަސައްރުފް ނުފުދޭ ކުދިން ވާވައްދައިގެން ޕެރަޓްއަކަށް ވުމަކީ މާ މޮޅު ކަމެއް ނޫން މަގޭ ދަރިއަކު ދުނިޔޭން މޮޔަނުވުން ދުއާއަކީ.
ކޯލިޝަނަކުން ވެރިކަން ހޯދައިގެން އެކޯލިޝަންގެ ކަރަށް އެރުމަކީވެސް ހާދަހާވާ ހަޔާތް ކުޑަކަމެކޭ.