ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ހުށަހެޅި މައްސަލަ ބޭރުކޮށްލަން ހުށަހެޅީ ސަރުކާރުން އަންގައިގެން: ވައްޑޭ

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލީ ސަރުކާރުން އަންގައިގެން ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ތުހުމަތު ކުރަށްވައިފިއެވެ.

ރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި އެ މައްސަލަ ބެލުމަށް ނުފެންނަ ކަމަށް ނިންމައި ބޭރުކޮށްލަން ހުށަހެޅުއްވީ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އެވެ. ނާޒިމްގެ އެ ހުށަހެޅުމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ފިޔަވައި އެހެން މެމްބަރުން ތާއީދު ކުރެއްވިއެވެ.

މައްސަލަ ބޭރުކޮށްލަން ވޯޓު ދިން މެމްބަރުންގެ ތެރޭގައި އެމްޑީޕީގެ މެމްބަރުން ވެސް ހިމެނޭއިރު، އެ ކޮމިޓީގައި އެމްޑީޕީ 8 މެމްބަރުން ތިއްބަވައެވެ.

މިކަމާ ގުޅިގެން ވައްޑޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަލި އެނދުގައި އޮތް ރައީސް ނަޝީދު ހުށައެޅުއްވި އެ މައްސަލަ ބޭރުކޮށްލަން “ބާޣީ” ނާޒިމް ހުށަހެޅުއްވީ ސަރުކާރުން އެދިގެން ކަމަށެވެ.

”ބަލި އެނދުގައި އޮތް ރައީސް ނަޝީދު ހުށައެޅުއްވި ކަމެއް ބޭރުކޮށްލަން، ބާޣީ ނާޒިމް ލައްވައި ސަރުކާރުން ހުށައަޅައިގެން، ދެ ޕްރޮޖެކްޓް ދޭތެރޭ ފިއްތާފައި ތިބި ބައެއް އެމްޑީޕީ މެމްބަރުން ލައްވައި ބޭރުކޮށްލީ.” ވައްޑޭ ވިދާޅުވިއެވެ.

އެ މައްސަލަ ބޭރުކޮށްލުމުން އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާއިރު، ނަޝީދުގެ ފަރާތްޕުޅުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް މެސެޖެއް ފޮނުއްވާފައެވެ.

އެގޮތުން އެ މެސެޖުގައި ނަޝީދު ވިދާޅުވީ ވަކިވަކި ސިފައިން ހާޒިރުވިޔަ ނުދޭން މަސައްކަތް ކުރާ ސަބަބު ވިސްނި ވަޑައިނުގަންނަވާ ކަމަށެވެ. އަދި ސިއްރުކުރަން އުޅުއްވަނީ ކޮން ކަމެއްތޯ ވެސް ނަޝީދުގެ މެސެޖުގައި ވަނީ އައްސަވާފައެވެ.

”މިއީ ރައީސް ނަޝީދު. ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން އެމްއެންޑީއެފްގެ ވަކިވަކި ސިފައިން 241 އަށް ހާޒިރު ވިޔަ ނުދޭން މަސައްކަތް ކުރައްވާ ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނޭ. ކޮންމެ ކަމެއްތޯ ތިޔަ ސިއްރު ކުރައްވަން ތިޔަ އުޅުއްވަނީ“ ނަޝީދުގެ މެސެޖުގައި ވެއެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 60%ބޮޑު ޖޯކެއް 20%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ޢޭ ތިއޮތީވާ ފިސާރި ދިވެހި ރައްޔިތެއް ތިނޫނީ ރައްޔިތެއް ނޫޅޭ މިޤައުމަކު!
    ކޮބައިތޯ އެހެން ރައްޔިތުންގެ ހައްޤުތައް މަހަމަ ކޮސްވެއްޖެ!
    ޢޭ ބުރާންޗާ ކޮބާތަ މަރު ކޮމިސަން؟ ފުރަތަމަ މަރާލެވިފައިވާ މީހުންގެ ހައްޤްތައް ހޯދަދީބަ!
    މި ޤައުމުގަ އޮތީ ހަމައެކަނި ކެނެރީގޭ ހައްޤްތަކެއް ނޫން އިނގޭތޯ؟

  2. ވައްޑޭ މެންހެން އަންނި ފޮޓޯ ދައްކައިގެންނެއް ނޫން އަހަރުމެން ދާއިރާގެ މެމްބަރ އަލީ ރިޒާ ހޮވީކީ. ދެން އަންނި ބުނާހާ ކަމެއް ކުރަންޖެހޭނީ ވައްޑޭމެން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: