ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދަށް ފަރުވާދިން އޭޑީކޭގެ ޑޮކްޓަރުން އިންކުއަރީއަށް ހާޒިރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނަށް ފަރުވާދިން އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމު، މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީ އަށް މިއަދު ހާޒިރުކޮށް ސުވާލުކޮށްފިއެވެ.

މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށްފައިވަނީ އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް އާއި ޑރ. އަބްދުﷲ ނިޔާފާއި ޑރ. އަހުމަދު ނިޝާން އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން ހިންގަމުންދާ ޕާލިމަންޓަރީ އިންކުއަރީއާ ގުޅޭ ގޮތުން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އެ ކޮމެޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ނަޝީދަށް ފަރުވާދިން ޑޮކްޓަރުންގެ ޓީމާ ބައްދަލުކުރަން ނިންމީ ތަހްގީގު ރިޕޯޓަށް ބޭނުންވާ މައުލޫމާތު ހޯދުމަށެވެ. އެކަމު އެ ޓީމް ކޮމެޓީއަށް ހާޒިރުކުރަނީ އެއްވެސް ކަމެއްގައި ތުހްމަތެއް ކުރެވިގެން ނޫން ކަމަށް އަސްލަމް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: