ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޕީއެލް އިން ދެމުން ގެންދިޔަ ދަތުރުފަތުރުގެ ހިދުމަތް އެމްޓީސީސީއާ ހަވާލުކޮށްފި

އެމްޓީސީސީއަށް އެމްޕީއެލްގެ ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ބަދަލުކުރުމުގެ ރަސްމިއްޔާތު— ފޮޓޯ: ތިލަދުން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޕީއެލް އިން ދެމުންދިޔަ ދަތުރުފަތުރުގެ ޙިދުމަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

މާލޭގައި ހުންނަ ގްރޭޓާ މާލެ ބަސް ޓާމިނަލްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި ދެ ކުންފުނިން ވަނީ ސޮއިކޮށްފަ އެވެ.

އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ އެވެ.

އެމްޓީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ބަހާއި ފެރީގެ ހިދުމަތް ރައްކާތެރި އަދި ހެޔޮ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

މިއަދު އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް ދެ މަސްދުވަހުގެ މުއްދަތަކަށް އެމްޓީސީސީއާ ގުޅިގެން ބަހުގެ ހިދުމަތް ދޭނެކަމަށް އެމްޕީއެލްއިން ބުނެއެވެ. އަދި އެމުއްދަތު ހަމަވުމުން އެމްޓީސީސީގެ ދަށަށް ބަހުގެ ހިދުމަތްތައް މުޅިން ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: