ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ޑިޕްލޮމެޓުންނާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ފަތުރާ މައްސަލަ އެމްޑީޕީން ކުށްވެރި ކޮށްފި

އެމްޑީޕީގެ ރަށްވެހި ފަތިސް ޖަލްސާގެ ތެރެއިން. ރައީސް ނަޝީދާއި ރައީސް ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރު ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތް ކުރައްވާ ޑިޕްލޮމަޓުންގެ ކަރާމާތާއި އަބުރަށް ނޭދެވޭ އަސަރުކުރާ ގޮތަށް ހަގީގަތާ ހިލާފު ހަބަރުތައް ރާއްޖޭގެ ބައެއް ނޫސްތަކުގައި ފަތުރާ މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ މިފަހަކަށް އައިސް، އިންޑިއާގެ ޑިޕްލޮމަޓުންގެ ކަރާމާތާއި އަބުރަށް ނޭދެވޭ އަސަރުކުރާ ގޮތަށް ހަގީގަތާ ހިލާފު ހަބަރު ”ދިޔަރެސް  ނޫހުގައި ތަކުރާރުކޮށް ޝާއުއުކުރަމުންދާކަން ފާހަގަ ވެފައިވާ ކަމަށެވެ.

އަދި ”ދިޔަރެސް“ގައި އިންޑިޔާއާ ގުޅޭ ގޮތުން ލިޔާ ޚަބަރުތަކަކީ ވަރަށް ބޮޑަށް ފަންޑުކުރެވިގެން އިންތިޒާމީ ގޮތެއްގައި ކުރިއާލާ ރާވައިގެން ދިވެހިރާއްޖޭގެ އެންމެ ގާތް އެކުވެރިޔާ ކަމުގައިވާ އިންޑިޔާއާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށް ކުރާ މަސައްކަތެއް ކަމުގައިވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެފަދަ ކެމްޕެއިންތަކުގައި ރާއްޖޭގައި ތިބޭ ބޭރު ޤައުމުތަކުގެ ސަފީރުންނަށް ޙަޤީޤީ ނުރައްކާ އެކުލެވިގެންވާ ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތާމެދު ފުން ބަހުސްތައް ކުރުމަށް އެމްޑީޕީން މަރުހަބާ ކިޔާ ކަމަށާއި، ޚިޔާލުފާޅުކުރުމުގެ މިންވަންކަމަށް އިހުތިރާމުކުރާ ކަމަށާއި، ނަމަވެސް ބައިބައިވުމާއި ރުޅިވެރިކަން އުފެއްދުމަށް ހިންގާ ޕްރޮޕަގަންޑާ ކުށްވެރިކުރައްވާ ކަމަށްވެސް އެ ބަޔާނުގައި އެމްޑީޕީން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: