ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ވެރިކަމާ ދެކޮޅަށް ރައީސް ޔާމީނާ އެކު މަސައްކަތް ކުރާކަށް ނެތިން: ރޮޒައިނާ

ރައީސް މުހައްމަދު ނަޝީދާއި، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް---- ރޮޒެއިނާ ޕާޓީން ވަކި ކުރަން ހުށަހެޅުއްވީ ރައީސް ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ވެރިކަމާ ދެކޮޅަށް ރައީސް އަބްދުﷲ ޔާމީނާ އެކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިހެން ވިދާޅުވެފައިމިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ ގޮތުން ހުރެވެން ދެން ނެތް ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޕީޕީއެމްގެ އެހީއަށް އެދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އަށް ވަނީ ވެސް ޔާމީންގެ ވެރިކަން ދާނެގޮތް އެނގި، އެކަމާ ދެކޮޅަށް މަސައްކަތް ކުރާނެ ޕްލެޓްފޯމެއްގައި މަސައްކަތް ކުރަން ކަމަށެވެ. އަދި ޔާމީން ވެރިކަން ކުރީ ހީކުރި ވަރަށް ވުރެ ވެސް އަނިޔާވެރިކޮށް، ނުބައިކޮށް ކަމަށާއި ޔާމީން އަކީ ވައްކަން ސާބިތުވެ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅެއް ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

”މިއަދު ރައީސް ސޯލިހާއި ދެކޮޅަށް ޔާމީންއާ ބައިވެރިވާންވީ ކީއްކުރަންތޯ؟ ޔާމީނަށް ކާކަށް އިންސާފު ހޯދާ ދެވިގެންތޯ؟“ ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ރައީސް ސޯލިހު ގޯސް ނޫން ކަމަށާއި އެމަނިކުފާނު އަނިޔާވެރި ނުވެ، ވައްކަން ވެސް ނުކުރައްވާ ކަމަށެވެ. އެގޮތުން ކޮވިޑް ހާލަތުގައި ވެސް ޕްރޮޖެކްޓުތައް ސަރުކާރުން ހިންގި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

”ހަރުކަށި ފިކުރާ އެއްކޮޅަށް ކީއްތޯ ރައީސުލްޖުމްހޫރިއްޔާ ކުރެއްވީ؟ ކޮބާތޯ މައްސަލައަކީ“ ރޮޒެއިނާގެ ޓްވީޓުގައި ވެއެވެ.

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ އިސް ބޭފުޅުން އަދި ރައީސް ސޯލިހުވެސް ހުންނަވާ ވަޓްސްއަޕް ގްރޫޕަކަށް ރައީސް ނަޝީދު ފޮނުއްވި އެ މެސެޖުގައި ވިދާޅުވެފައި ވަނީ ރައީސް ސޯލިހާ އެމަނިކުފާނާ އެއްވެސް މައްސަލައެއް ޖެހިފައި ނުވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނާ ރައީސް ސޯލިހާ ދެބޭފުޅުންގެ ފިކުރީ ގޮތުން ހިޔާލު ތަފާތު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރު މެސެޖެއްގައި ވިދާޅުވީ ދެބޭފުޅުންގެ ޒާތީ ކަންކަމުގައި އަބަދުވެސް އުޅުއްވާނީ އެކުގައި ކަމަށެވެ. އަދި ރައީސް ސޯލިހަކީ ރައީސް ނަޝީދުގެ ދަރިންގެ “އިބޫ ދޮންބެ” ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“އެކަމަކު ދެން ރައީސުލްޖުމްހޫރިއްޔާއާ އެކީގައި ސިޔާސީ ގޮތުން ހުރެވޭކަށް ނެތް،” ނަޝީދު ވިދާޅުވިއެވެ.

އެކަމާއި އެމްޑީޕީގެ ބައެއް މެންބަރުން ހިތްހަމަ ނުޖެހުނު ނަމަވެސް ކުރާނެ ކަމެއް ނެތްކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ރައީސް ޔާމީނާއި އިދިކޮޅު ޕީޕީއެމް އިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރައްވާ ނަމަ ރައީސް ޔާމީނާއި ޕީޕީއެމްގެ އެހީއަށް އެދޭނެ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ ހިޔާލު ތަފާތުވުންތައް އޮތްކަން މީގެކުރިންވެސް ވަނީ ހާމަވެގެން ގޮސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. އަމައްޔާތް..! ރައީސް ޔާމީން އެބަ އުޅުއްވާތަ ކަލެއާއެކު މަސައްކަތްޕުޅު ކުރައްވާ ހިތްޕުޅުން ”ސިކު ވެގެން“..! ސައިޒު އޮޅިގެން ނުތެޅި ހުރެބަލަ..!

  2. ރޮޒައިނާތީ އެއްވެސް މީހެއްނޫން….ލަދުހަޔާތް ނެތީމަ ތެޅެނީ… ތީއެއްވެސް ޕާރޓީއެއްގަ ބަހައްޓަން ކަމުދާމީހެއްނޫން…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: