ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމުގެ ވެރިންނަށް ދިވެހިން ހެދުމަށް މިނިސްޓަރ އަތޮޅުތެރެއަށް

ޓުއަރިޒްމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

“ފަތުރުވެރިކަމުގެ ވެރިންނަށް” ދިވެހީން ހެދުމުގެ މަގުސަދުގައި ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިގޮތުން ފަތުރުވެރިކަން ރައްޔިތުންނާ ހަމައަށް ގެންދިއުމަށް މިނިސްޓަރ ވަނީ ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ދިއުމަށް ދަތުރުފުޅެއް ފައްޓަވާފައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި އަންހެނުންގެ ދައުރު އިސްކުރުމަށް ބޮޑު އަހަންމިއްޔަތުކަމެއް ދެވިގެންދާނެކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

ހަމައެހެންމެ ޓޫރިޒަމް ޑައިވަސިފިކޭޝަން ޕްރޮޖެކްޓުގެ ނަމުގައި ހިންގާ މި ޕްރޮޖެކްޓަކީ އެ މިނިސްޓްރީން، ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން އެ މިނިސްޓްރީން ވަނީ މިނިސްޓަރުގެ މި ދަތުރުފުޅުގައި ހއ. އަތޮޅުގެ ބައެއް ރަށްތަކާއި ހދ. އަތޮޅުގެ ބައެއް ރައްތަކަށް ދަތުރުފުޅު ރާވައި އެއަތޮޅުތަކަށް ދަތުރުކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ. އަދި އިހަވަންދޫ ފިޔަވައި ހއ. އަތޮޅުގެ ހުރިހާ ރަށަކަށް މިނިސްޓަރު ވަނީ ދަތުރުކުރައްވާފައިކަމަށްވެސް މިނިސްޓަރ ވިދާޅުވެއެވެ.

ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް އެމިނިސްޓްރީން ކުރަމުންގެންދާއިރު، މިއަހަރުގެ މީހާތަނަށް ރާއްޖެއަށް ހަތްލައްކައަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެގޮތުން މިއަހަރު ޒިޔާރާތްކޮށްފައިވާ މީހުންގެ ތެރޭގައި 705،024 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: