ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފި، މަރުހަބާ ވިދާޅުވީ ރައީސް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުހައްމަދު ނަޝީދު ރާއްޖެއަށް ވަޑައިގެންފިއެވެ.

ރައީސް ނަޝީދަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައީސް ނަޝީދު މިއަދު ރާއްޖެ ވަޑައިގެންފައިވާއިރު އެއާޕޯޓްގެ ސެކިއުރިޓީގެ އިންތިޒާމުތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ.

ރައީސް ނަޝީދު މިއަދު ރާއްޖެ ވަޑައިގެންނެވި ނަމަވެސް މިއީ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށް މައުލޫމާތު ލިބެ އެވެ.

އެމަނިކުފާނު ވަނީ މަޖިލީހުގެ ޗުއްޓީ އިތުރު ކުރައްވައި، ސަލާމަތީ ކަންކަން ހުރި ގޮތުން ރާއްޖެއަށް ވަޑައި ގެންނެވުމަށް އުޒުރުވެރިވާކަމަށް ވިދާޅުވެފައެވެ.

ނަޝީދަށް ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ވެސް ވަނީ ފަށައިފައެވެ. މި ހަމަލާގެ ފަހަތުގައި ވަނީ ހައްދުފަހަނާއެޅި ފިކުރުގެ ބައެއް ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: