ދިރާގު ހީމް ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވަރ ތައާރަފް ކޮށްފިއެވެ.
ޑޭޓާ ރޯލްއޯވަރ ތައާރަފު ކުރުމާއެކު، އޮކްޓޫބަރު މަސް ނިމިގެން ދިއައިރު ދިރާގު ހޯމް ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ޕެކެޖުގައި ބޭނުން ނުކޮށް ހުރި ހުރިހާ އެލަވަންސެއް ވާނީ ނޮވެމްބަރު މަހުގެ އެލަވަންސްއާއި އެކު ހިމަނާފައެވެ. އެހެންކަމުން ކުރިއައް އޮތްތާންގައިވެސް އެ މަހެއްގައި ބޭނުން ނުކުރެވި ހުންނަ އިތުރު އެލަވަންސް ޖެހިގެން އަންނަ މަހުގެ އެލަވެންސްއާއިއެކު ހިމެނިގެންދާނެއެވެ. މި ރޯލް އޯވަރ ކުރެވޭ ޑޭޓާ ބޭނުންކުރެވޭނީ އެއް މަސްދުވަހުގެ މުއްދަތަށެވެ.
ދިރާގުން ބުނީ މިއީ ދިރާގު ހޯމް ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު ހަރަދަކައިނުލައި އިތުރު ޑޭޓާ ބޭނުންކޮށްލުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯވެސްމެއެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 65 ރަށެއް ހިމެނެއެވެ.
އެކުންފުނިން ބުނީ، ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ވީހާވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާއާއި ފައިދާ ލިބޭ ގޮތަށް ޕެކޭޖްތައް ފަރުމާކޮށް ޚިދުމަތްތައް ތައާރަފުކުރުން ކަމަށެވެ.

