ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަރލް ޕަވަރޑް 2021 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ކުރިއަށް ގެންދާ ގަރލް ޕަވަރޑް 2021 ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެޗްޑީސީގެ އިސެގުމުގެ މަތިން ވިމެން އިން ޓެކް މޯލްޑިވްސްއާއި ގުޅިގެން ހިންގާ މި ޕްރޮގްރާމަކީ ޓެކްނޮލޮޖީގެ ދާއިރާއަށް ވަނުމަށް އަންހެން ކުދިންނަށް ހިތްވަރު ދިނުމަށާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ސްމާޓްސިޓީއަށް ގެނެވޭ ބަދަލުތަކަށް އަހުލުވެރި ކުރުވައި ޝައުގުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ހިންގޭ ޕްރޮގްރާމެކެވެ.

ބްލޮކް ކޯޑިންގ ބޭނުންކޮށްގެން ކޮންޓެންޓް ތައްޔާރުކުރުމާއި މެޝިން ލަރނިންގ ތައާރަފު ކުރެވޭ މިޕްރޮގްރާމަކީ ހުޅުމާލެ ސްކޫލުތަކުގެ ގްރޭޑް 6 އަދި 7 ގެ އަންހެން ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

ގަރލް ޕަވަރޑް 2021 ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހާ ހަމައަށެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ކުދިން މިމަހުގެ 7 ވަނަ ދުވަހުގެ ހަވީރު 15:00 ގެ ކުރިން އޮންލައިންކޮށް ފޯމް ހުށައަޅަން ޖެހޭނެއެވެ.

މިޕްރޮގްރާމް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އޮންލައިން ކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: