ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮޕީ މުޙައްމަދު ރަޝީދުގެ ތައުޒިޔާގެ ދަފުތަރުގައި ރައީސް ސޮއިކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަލްމަރްޙޫމް ކޮޕީ މުޙައްމަދު ރަޝީދުގެ ހަނދާނުގައި ދިވެހިބަހުގެ އެކެޑަމީގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ހެނދުނު ސޮއިކުރައްވައިފިއެވެ.

ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި ވާގޮތުގައި އަލްމަރްޚޫމް ކޮޕީ މުޙައްމަދު ރަޝީދަކީ އެތައް ރޮނގަކުން ދިވެހި ދައުލަތަށާއި، ދިވެހި މުޖުތަމަޢަށް ވަރަށް އަގުހުރި ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަމަށާއި، އެބޭފުޅާ ދިވެހި ޤައުމަށް ދޫކުރެއްވީ ވަރަށް އަގުބޮޑު އަދަބީ ތަރިކައެއްކަމުގައެވެ. އަދި، އަލްމަރްޚޫމް ކޮޕީ މުޙައްމަދު ރަޝީދު ވަކިވެދިޔުމަކީ ދިވެހި ޤައުމަށާއި އަދަބިއްޔާތައް ލިބުނު ހީނަރުކަމެއްކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރައްވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނިންމާލައްވާފައިވަނީ، އަލްމަރްޚޫމް ކޮޕީ މުޙައްމަދު ރަޝީދަށް ސުވަރުގޭގެ ތަނަވަސް ރަޙްމަތާއި ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވައި، އެބޭފުޅާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވަމުންނެވެ.

ކޮޕީ ރަޝީދު އަވަހާރަވެފައިވަނީ ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 72 އަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: