ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހްމޫދުގެ މަރު ޝަރީއަތުގައި ސާބިތުކުރެވޭ މިންވަރަށް ހެކި ލިބިފައި އެބަހުރި: ފުލުހުން

މަހްމޫދު ފެނުނު ސަރަހައްދުގައި ފުލުހުންގެ ފޮރެންސިކް ޓީމުން ހަރަކާތްތެރިވަނީ— ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އދ ދަނގެތީގައި މަރާލާފައި އޮއްވާ ފެނުނު މަހްމޫދު އަބޫބަކުރުގެ މަރު ޝަރީއަތުގައި ސާބިތުކުރެވޭ މިންވަރަށް ހެކި ލިބިފައި އެބަހުރިކަމަށް ފުލުހުން ބުނެފިއެވެ.

މަހްމޫދުގެ މަރުގެ މައްސަލާގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ފުލުހުން ވިދާޅުވީ ބިދޭސީ މީހާ ފިޔަވައި އިތުރު މީހެއްގެ ބައިވެރިވުން މަހްމޫދު މަރާލުމުގައި އޮތްކަމަށް އަދި މިހާތަނަށް އެނގިފައި ނެތްކަމަށެވެ. މިމައްސަލާގައި މިހާތަނަށް އައިއިރު ފުލުހުން ތުހުމަތުކުރަނީ އެރަށުގައި ދިރިއުޅެމުންދާ ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ ޝާ އަލޮމް މިއާ އަށެވެ. މިކަމަކީ އެރަށު މީހުންނަށްވެސް ގަބޫލުކުރަން ފަސޭހަކަމެއް ނޫންކަމަށާއި އެހެންނަމަވެސް މިހާތަނަށް އިތުރު މީހެއްގެ ބައިވެރިވުން އޮތްކަމަށް ހާމަނުވާކަމަށް ވިދާޅުވިއެވެ. މިކަން އޭނާގެ އިއުތިރާފުންނާއި ހެކިތަކުންވެސް ހާމަވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެކަކު އެކަންޏަށް މިވަރުގެ ކަމެއް ކުރެވިދާނެކަމަށް ގަބޫލުކުރެވޭ ސަބަބެއްގެ ގޮތުގައި ފުލުހުން ވިދާޅުވީ އެއް ފަހަރުން ދިން އަނިޔާއަކުން އޭނާ މަރާލުމުގެ ބަދަލުގައި މަހްމޫދު މަރުވަންދެން އަނިޔާކޮށްފައި ހުރުމެވެ.

އޭނާ ބަންގްލަދޭޝްގައި ދިރިއުޅުނުއިރު އެއްވެސް ކަހަލަ ކުށުގެ ހިސްޓްރީއެއް އޮތްތޯ އިންޓަޕޯލް މެދުވެރިކޮށް ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ. އޭނާ މަހްމޫދު މަރާލީ އެވަގުތު ގިނަ އަދަދެއްގެ ފައިސާ މަހްމޫދު އަތުގައި ހުރިކަމަށް ބެލެވޭތީކަމަށް ގަބޫލުކުރެވޭކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް އެފައިސާ ބޭނުންވަނީ ކީއްވެގެންކަން ޔަގީންކުރުމަކީ މިވަގުތު ދަތިކަމެއް ކަމަށާއި އޭނާގެ އާއިލާގެ ހާލަތު ހުރިނެތް ގޮތް ބެލުމަކީ ފަސޭހަކަމެއް ނޫންކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިވަގުތު ހުރީ ގަބޫލުކުރެވޭ ގަބޫލުކުރުންތަކެއް ކަމަށާއި ތަހުގީގަށް އެފަދަ ކަމެއް އަދި ހާމަވެފައި ނެތްކަމަށް ވިދާޅުވިއެވެ.

މިމައްސަލާގައި މަހްމޫދުގެ އާއިލާއާއި ޕްރޮސެކިޔުޓަރ ޖެނެރަލް އޮފީހާއި ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ. މިހަމަލާ ދިނުމާއި ހަމަލާ ދިން ހިސާބުން ފަޅުގެއަކަށް މަހްމޫދު ގެންދިޔުމާއި ދޭތެރޭ ގާތްގަޑަކަށް ފަސްވަރަކަށް ގަޑިއިރު ހޭދަވެފައިވާކަމަށް ގަބޫލުކުރެވޭކަމަށް ފުލުހުން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: