ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓުތަކުގެ މިސްކިތްތަކަށް 87 ޚަޠީބުން ތަމްރީނުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓުތަކުގެ މިސްކިތްތަކަށް ޚަޠީބުން ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ރިސޯޓުތަކުގެ މިސްކިތްތަކަށް ޚަތީބުން ތަމްރީނު ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމާއި މިނިސްޓރީ އޮފް އިސްލާމިކު އެފެއާޒުން ގުޅިގެން މިދިޔަ އަހަރުގެ ޑިސެމްބަރުން ފެށިގެން މިދިޔަ މަހުގެ 10 ގެ ނިޔަލަށް ހިންގި މި ޕްރޮގްރާމަކީ ނުވަ ބެޗަކަށް ބަހާލައިގެން ހިންގި ޕްރޮގްރާމެކެވެ. ކޮންމެ ބެޗަކަށްވެސް ކިޔަވައިދެއްވީ އެއް މަސް ދުވަހަށެވެ. މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ޖުމްލަ 207 ބައިވެރިންނެވެ. މީގެ ތެރެއިން ޕްރޮގްރާމް ފުރިހަމަކުރީ 109 ބައިވެރިންނެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ހޯލުގައި ބޭއްވި މި ރަސްމިއްޔާތުގައި ޕްރޮގްރާމްއިން ފާސްވި 87 ފަރާތަކުން ވަނީ ސަނަދު ޙަވާލުކުރައްވާފައެވެ. އަދި ސަނަދު ޙާސިލްނުވާ ފަރާތްތަކަށް 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި އިތުރު ބެޗެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކައިރި ރަށްރަށުން އިމާމުންނާއި ޚަތީބުން ރިސޯޓުތަކަށް ގެނައުމުގައި ދިމާވާ ދަތިތަށް ޙައްލުކޮށް ރިސޯޓުތަކުގައި އިމާމުންނާއި ޚަތީބުން ތަމްރީނުކުރުން މައިގަނޑު މަޤްޞަދެއްކަމުގައި ނިންމައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ޚުޠުބާ ކިޔާނެ ގޮތް ،ތިލާވާ، ނަމާދުގެ ފިޤުޙު އަދި ބަންގި ގޮވާނެ ގޮތުގެ ތަމްރީނުތައް ދީފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: