އިދިކޮޅު ކޯލިޝަނުން ހިންގާ ’އިންޑިއާ އައުޓް‘ ކެމްޕެއިނަކީ މުޅި ގައުމަށް ހުރި ލަދުވެތި ކަމެއް ކަމުގައި މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ޓްވީޓަރގައި އާއްމުކުރި ޕޯސްޓެއްގައި މެމްބަރު ވިދާޅުވެފައިވަނި އިންޑިއާ އައުޓުގެ ނަމުގައި އިދިކޮޅުން ކުރިއަށް ގެންދާ ކެމްޕެއިނަކީ މުޅި ގައުމަށް ހުރި ލަދުވެތިކަމެއް ކަމަށާއި ރާއްޖޭގެ ސިޔާސީ ކަންކަމުގައި ބައިވެރިނުވާ އެތައް ޒުވާނުންނެއް މި ކެމްޕެއިނުގެ ސަބަބުން ލަދު ގަންނަން ޖެހިފައިވާ ކަމަށެވެ. ރާއްޖޭގައި މީގެ ކުރިން ވެރިކަން ކޮށްފައިވާ ރައީސަކު، އާއްމުންގެ ތެރެއަށް ނިކުމެ މިފަދައިން ކެމްޕެއިން ކުރުމުގެ ނިޔަތަކީ އަމިއްލަ ސިޔާސީ ފައިދާއަށް ކުރާ ކަމެއް ކަމުގައި ވެސް ރޮޒެއިނާ ވިދާޅުވިއެވެ.
This #IndiaOut campaign is a total embarrassment to our nation!
Even young people not at all involved with politics r saying how embarrassed they r by this nonsense, especially bcos an ex president is doing this 4his own selfish political gain.
???????? will always remain our friend!— ???????? ???????????????????????????? ???????????????? ???? (@Roxeyna) December 24, 2021
މީގެ އިތުރުން އިންޑިއާ އައުޓް ލިޔެފައިވާ ޓީޗާޓެއްގައި، އިންޑިއާއިން އަޅާދީފައިވާ ހޮސްޕިަތަލަކަށް ވަދެ، އިންޑިއާގެ ނަރުހެއް ނުވަތަ ޑޮކްޓަރެއްގެ އަރިހުން ސިއްހީ ހިދުމަތް ހޯދުމަށްފަހު ޖެހިގެން އަންނަ ދުވަހު އިންޑިއާ ޓީޗަރުން ކިޔަވައިދޭ ސްކޫލަކަށް ކުދިން ފޮނުވާ ކަމުގައި ރޮޒެއިނާގެ ޓްވީޓުގައި ފާހަގަކޮށްފައިވެއެވެ.
ބަލި ހާލަތު ގޮސްވުމުން އެންމެ އަވަހަށް ފަރުވާ ހޯދުމަށް އިންޑިއާއަށް ފުރާ އިރު، އިންޑިއާ އައުޓް ގޮވުމަކީ ހަޑި ހުތުރު ކަމެއް ކަމުގައި ރޮޒެއިނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ގައުމުގެ މިނިވަން ކަން ނިގުޅައިގަތުމަސް އެއްވެސް ރައްޔިތަކު ބޭނުންނުވާނެ ކަމަށް ޓްވީޓުގައި ލިޔެފައިވާއިރު މިނިވަންކަން ދެމެހެއްޓުމަށް އެންމެހާ ރައްޔިތުން ތެދުވާނެ ކަމަށްވެސް ލިޔެފައިވެއެވެ. ރޮޒެއިނާގެ ޓްވީޓުގައި އެހީ އަށް ބޭނުންވާ ވަގުތުގައި އެހީތެރިކަން ފޯރުކޮށްދިނުން ފިޔަވައި ގެއްލުން ލިބޭ ފަދަ އެއްވެސް ކަމެއް ކޮށްފައިނުވާ ގައުމަކާއި ދެކޮޅަށް ރައީސް ޔާމީނު ނުކުތުމަކީ ސިޔަާސީ މަގްސަދެއް އޭގައި ހިމެނޭ ކަމެއްކަމަށް ލިޔެފައިވެއެވެ.
PYameen knows very well what military presence means. & he knows the difference between military presence & bilateral relationships & working together with other countries is! Do we see armed Indian military on our roads? No! A soldier in a uniform doesn’t mean getting attacked!
— ???????? ???????????????????????????? ???????????????? ???? (@Roxeyna) December 24, 2021
ރައީސް ޔާމިނަށް ދެގައުމެއްގެ ދެމެމދު އަސްކަރީ ގުޅުން އޮތުމާއި ހާރިޖީ ގުޅުމުގެ ތަފާތު އެނގިވަޑައިގަންނަވާއިރު އަސްކަރީ ޔުނިފޯމުގައި ހުރި ކޮންމެ ސިފައިންގެ ބޭކަލަކު ’އެޓޭކް‘ ނުކުރާނެކަން ރައީސް ޔާމީންއަށް އެނގިވަޑައިގަންނަވާނެ ކަމަށް ޓްވީޓު ކޮށްފައިވެއެވެ.

