ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފްކޯއަށް އަނެއްކާވެސް ރިކޯޑެއް، އެއް ދުވަހުން 155 ޓަނުގެ މަސް ބޯޓަކަށް ގަނެފި

ޖަޒީރާ 102 މަސްކިރާ ބޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

މިފްކޯއިން އެކުންފުނީގެ އައު ބޯޓް ޖަޒީރާ 102 އަށް 155.57 ޓަނުގެ މަސްގަނެފި އެވެ.

މިއީ މިހާތަނަށް އެއްބޯޓަކަށް މިހާގިނަ އަދަދެއްގެ މަސް ކިރުވި ފުރަތަމަ ފަހަރެވެ.

”ސަންގު“ ނޫހަށް ދެއްވި ހާއްސަ އިންޓަވިއު އެއްގައި މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ ވިދާޅުވީ މިފްކޯ އިން އަލަށް ގެނެސްފައިވާ ބޯޓް ”ޖަޒީރާ 102“ އަށް އިއްޔެ 155.6 ޓަނު ބްރައިން ފްރީ މަސް ގަނެފައިވާ ކަމަށެވެ. މި ބޯޓަކީ މަދުވެގެން 120 ޓަނުގެ މަސް ފިނިކުރެވޭ ވަރުގެ ގާބިލް ކަން ހުރި ބޯޓެއް ކަމަށެވެ.

ޖަޕާނުން އެތެރެކުރި މި ބޯޓަކީ އެގައުމުގެ ދޮށީގެ މަސްވެރިކަމަށް ބޭނުން ކޮށް އުޅުނު އުޅަނދެއް ކަމުގައިވީ ނަމަވެސް ރާއްޖެ ގެނެސް ބޯޓަށް ބަދަލުތަކެއް ގެނެވި ގެނެސްފައިވާނެކަމަށް ފައުޒީ ވިދާޅުވިއެވެ. އެގޮތުން ބޯޓްގެ ދެފަރާތުން މަސް ކިރުމަށް އެހެން ދޯނި ތަކަށް ފަސޭހަ ކަމާއިއެކު ކައިރި ކޮށްގެން މަސް ކިރޭނެ ނިޒާމެއް ގާއިމް ކުރުމާއި މަސް ފިނިކުރުގެ ނިޒާމަށް ބަދަލު ގެނެވުނުކަން ފައުޒީ ފާހަގަ ކުރެއްވިއެވެ.

ފައުޒީ ވިދާޅުވީ ގޮތުގައި އެވްރެޖް ކޮށް ހަ ގަޑިއިރުގެ ތެރޭގައި މައިނަސް 12 ޑިގްރީ އަށް މަސް ފިނި ކުރެވޭނެ ކަމަށާއި މި ބޯޓަކީ މިފްކޯގެ ބޯޓްތަކުގެ ތެރެއިން އެންމެ ރަނގަޅަށް މަސް ފިނި ކުރެވޭނެ އެއް ބޯޓް ކަމަށެވެ.

އިއްޔެ 66 ދޯނިން ގާތްގަނޑަކަށް 457 ޓަނު މަސް ތިނަދޫ ބަނދަރުން ގަނެފައިވާ ކަމަށާއި ދެކުނުގެ މަސްވެރިކަން އެވްރެޖްގޮތެއްގައި ރަނގަޅު ކަމަށް ފައުޒީ ވިދާޅުވިއެވެ.

ދެކުނުގެ މަސްވެރިކަން ރަނގަޅުކަމާއި މަސްވެރިން މަސް ބާނައިގެން އާންމުކޮށް އަންނަނީ ތިނަދޫ ސަރަހައްދުން ކަމުން މިފްކޯގެ ގިނަ ބޯޓުތައް ކޫއްޑޫ އާއި ތިނަދޫ ބަނދަރުގައި މަސް ކިރުމުގައި ހަރަކާތްތެރިވާ ކަމަށް ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ ޖުމްލަކޮށް ދުވާލަކަށް 450 ޓަނުގެ މަސް މިފްކޯއަށް ކިރަން ލިބޭ ކަމަށެވެ. އަދި މައިގަޑު ގޮތެއްގައި ރާއްޖޭގައި މަސްވެރިކަން ވަރަށް ރަނގަޅު ކަމުގައި މަސްވެރިން ހާމަކުރާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ބަޔާނުގައި ވިދާޅުވިފަދައިން މިފްކޯ އަކީ ވަކި ކުންފުންޏަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް މިވަގުތުވެސް ދަނީ ކުރެވުމުން ކަމަށާއި އުންމީދަކީ ކައިރި މުސްތަގުބަލެއްގައި އެކަން ހާސިލްވެގެންދިއުން ކަމުގައި ފައުޒީ ވިދާޅުވިއެވެ.

މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ކުރާ މަސައްކަތުގައި  މިފްކޯ ދެމި އޮންނާނެ ކަމުގައި ވިދާޅުވެ މިފްކޯ އަށް މަސް ގަންނަ ވަރު އިތުރުކުރުމަށް  ކުންފުނީގެ ވަސީލަތްތައް ތަރައްގީ ކުރުމުގެ ގޮތުން މިފްކޯއަށް ޒަމާނީ ވަސީލަތްތައް ގެނައުމަށް  މަސައްކަތް ކުރަމުންދާ ކަމުގައި ފައުޒީ ވިދާޅުވިއެވެ.

މިހާރު މަސްވެރިކަން ރަނގަޅުވުމުގެ ސަބަބުން މަސްދޯނިތަކުން ދުވާލެއްގެ މައްޗަށް މަސް ގަންނަން ލިބޭ ވަރު އިތުރުވެފައި ވާ ކަމަށާއި ވުމާއެކު މިފްކޯގެ ކެޕޭސިޓީ އިތުރުކޮށް އެކަމަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާ ހޯދަމުން އަންނަ ކަމުގައިވެސް ފައުޒީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: