ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބު ލަސްކުރަން ހިފުމަކީ އިންތިހާބުން ބަލިވުން: އިންތި

އިމްތިޔާޒް ފަހުމީ އާއި ފައްޔާޒް އިސްމާއީލް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބެއް ލަސްކުރަން ހިފުމަކީ އިންތިހާބުން ބަލިވުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

އިންތި މިހެން ވިދާޅުވެފައިވަނީ އެމްޑީީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު ބާއްވަން ނިންމާފައި އޮތް ތާރީހު ފަސްކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ ނިންމުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބެއް ލަސްކުރަން ހިފުމަކީ އެހާތަނަށް އިންތިހާބުން ބަލިވުން ކަމަށެވެ.

ޗެއާޕާސަން ކަމަށް އިންތިއާ ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެވެ. އެތެރޭގެ އިންތިހާބު ބާއްވަން ހަމަޖައްސާފައި އޮތީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ.

އިންތިހާބު ބާއްވާ ތާރީހު ރޯދަ މަހަށް ދިމާވާތީ މިނިސްޓަރު ފައްޔާޒުގެ ޓީމުން އެދެނީ އެހެން ތާރީހަކު އިންތިހާބު ބޭއްވުމަށެވެ. މިރޭގެ ބައްދަލްވުމަކީ އެކަމާމެދު ގޮތް ނިންމަން ބޭއްވި ބައްދަލްވުމެކެވެ. ވަރަށް ހޫނުވެގެންދިޔަ މި ބައްދަލްވުމުގައި ގައުމީ މަޖިލީހުގެ ވަރަށް ގިނަ މެންބަރުން ބަހުސް ކުރިއެވެ.

ފައްޔާޒުގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ވަހީދު (އިބްރޭ) ހުށައެޅުއްވީ 14 މެއި ގައި އިންތިހާބު ބޭއްވުމަށެވެ. އެ ހުށައެޅުމަށް ތާއީދު ކުރެއްވީ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އެވެ. މިރޭގެ ގައުމީ މަޖިލީހުގައި 115 މެންބަރުން ބައިވެރިވެވަޑައިގަތެވެ. އިންތިހާބު ފަސްކުރަން ފެންނަ ކަމަށް 100 މެންބަރުން ވޯޓް ދެއްވިއެވެ. ވޯޓް ނުދެއްވާ ތިއްބެވީ 15 މެންބަރުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: