ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިޕާޗާ ޓެކްސްގެ ގޮތުގައި 102 މިލިއަން ރުފިޔާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް - (ފޮޓޯ: ސަންގު ފައިލް ފޮޓޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

އެއާޕޯޓްތަކުން ފުރާ މީހުންގެ އަތުން މި އަހަރު އަލަށް ނަގަން ފެށި ”ޑިޕާޗާ“ ޓެކުހުން މިހާތަނަށް 102 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިރާއިން ބުނެފި އެވެ.

މީރާ އިން ބުނި ގޮތުގައި ޑިޕާޗާ ޓެކުހުން މިދިޔަ މަހު 51 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރުގެ މިހާތަނަށް ދެ މަހަށް ބަލާނަމަ ޖުމްލަ 102 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

މި އަހަރު 700 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދަން އަމާޒުކޮށް، އެއާޕޯޓް ތަކުން ފުރާ މީހުންގެ އަތުން ނަގާ ޓެކްސް ނަގަމުން ގެންދަނީ ޓެކްސް ރޭޓު ބޮޑުކޮށްގެންނެވެ.

އަލަށް އަމަލު ކުރަން ފެށި މި ޓެކުހާއެކު 2016 ވަނަ އަހަރުން ފެށިގެން ނަގަމުން ދިޔަ އެއާޕޯޓް ސާވިސް ޗާޖު (އޭޑީސީ) ނެގުން ނެގުން ހުއްޓި ނަން ބަދަލުކޮށް ޓެކްސް ކުރާ އަދަދު ވަނީ ބޮޑުވެފަ އެވެ. އޭޑީސީ ނަގަމުން ދިޔައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރާ މީހުންގެ އަތުންނެވެ. ނަމަވެސް ފަހުން ގެނެވުނު ބަދަލާއެކު ރާއްޖޭގެ އެހެން އެއާޕޯޓަކުން ބޭރަށް ފުރިނަމަވެސް މި ޓެކްސް ނަގާނެ އެވެ.

ޑިޕާޗާ ޓެކްސް ނުވަތަ އެއާޕޯޓް ބޭނުން ކުރާތީ ދައްކާ ޖެހޭ އެއާޕޯޓް ސާވިސް ޗާޖު ދައުލަތަށް ދައްކަން ލާޒިމްކޮށްފައިވަނީ އެއާލައިންތަކަށެވެ. އަދި މި ޓެކްސް ދައްކަން ލާޒިމްކޮށްފައިވަނީ އެމެރިކާ ޑޮލަރުންނެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ޑިޕާޗާ ޓެކުހުން މި އަހަރު ލިބޭނެކަމަށް ލަފާކުރާ އާމްދަނީއަކީ މި އަހަރުގެ ނިޔަލަށް އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާ އަޅާ ބަލާނަމަ 86.2 ޕަސެންޓުގެ އިތުރުވުމެކެވެ ޑިޕާޗާ ޓެކްސްގެ ގޮތުގައި މި އަހަރު 769 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: