ކ. ތުލުސްދޫގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުން ބުނީ ތުލުސްދޫ އުތުރު ފަރާތުން މޫދަށް އެރި އުޅެނިކޮށް ފަތުރުވެރިއަކު ގެނބިގެން އުޅޭ ކަމުގެ ރިޕޯޓު މިއަދު ހެނދުނު 10:48ހާއިރު ލިބިފައިވާ ކަމަށެވެ.
މި ހާދިސާގައި ގެނބިގެން ނަގާފައި ވަނީ އުމުރުން 72 އަހަރުގެ އިޓަލީ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އޭނާ މަރުވެފައި ވަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް ކަމަށެވެ.

