ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހުމަދު ސަލީމް ލިޔުއްވި ”ރިވެލި“ ފޮތް ރައީސަށް ހަދިޔާކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމުގައި ހުންނެވި މާފަންނު މާހުރާ، އަޙްމަދު ސަލީމް ލިޔުއްވި ”ރިވެލި“ ފޮތް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހަދިޔާކުރައްވައިފިއެވެ.

މި ފޮތް ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާކުރައްވާފައިވަނީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އެކި ދައުރުތަކުގައި ސިޔާސީ އަދި ޚާރިޖީ މަސްރަޙު ބަދަލުވަމުން އައިސްފައިވާގޮތާއި ސުލްޙައާއި އިންސާނީ ހައްޤުތަކާއި ޑިމޮކްރަސީގެ މަގުގައި ދިވެހިރާއްޖެއިން ކުރަމުން އައިސްފައިވާ މުހިންމު މަސައްކަތްތަކުގެ މަޢުލޫމާތު ހިމެނޭގޮތަށް ދިވެހި އަދި އިނގިރޭސި ބަހުން ދެ ބަޔަކަށް ބަހާލައިގެން ލިޔެފައިވާ މި ފޮތް ހަދިޔާކުރެއްވީތީ ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފޮތުގެ މުޞައްނިފު ސަލީމަށް ޝުކުރުދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ މިފޮތުގައި ހިމެނިފައިވާ އެކިއެކި ބައިތަކުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޚާރިޖީ އަދި ބައިނަލްއަޤްވާމީ ގުޅުންތަކުގެ އިތުރުން އިންސާނީހައްޤުގެ ދާއިރާގައި ސަލީމްގެ ތަޖުރިބާ ފޮތެއްގެ ސިފައިގައި ލިޔުއްވައި ޝާއިޢުކުރެއްވީތީ އެކަމާ އުފާކުރައްވާކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ސަލީމް ވަނީ އެބޭފުޅާގެ ޚިދުމަތުގެ ތާރީޙުގެ ތެރެއިން މި ފޮތުގައި ހިމެނިފައިވާ ފާހަގަކޮށްލެވޭ ބައެއް ހާދިސާތަކުގެ ތަފްޞީލުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: