ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ އަނިޔާއެއް ދިނުމާއި ބިރުދެއްކުމުގެ ކުށުގެ މައްސަލައާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ފުލުހުން މީހަކު ހޯދަން އިއުލާން ކޮށްފިއެވެ.
މި އަމުރާ ގުޅިގެން ހޯދަމުން ދަނީ، އުމުރުން 31 އަހަރުގެ، ސ. ހިތަދޫ / އައްޒާ، މުބާރިކް މުހައްމަދު އެވެ.
ފުލުހުން ބުނީ، މުބާރިކް މުހައްމަދު ހޯދަމުން ދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ އަނިޔާއެއް ދިނުމާއި ބިރުދެއްކުމުގެ ކުށުގެ މައްސަލައާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ކަމަށެވެ. އެހެންކަމުން ބަންދުގައި ބަހައްޓައިގެން މާދަމާގެ 10:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް އެ ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ވީމާ، މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅައިގެން ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

