މާލެއިން ގޯތި ދޫކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އިއުލާން ކުރައްވާފައިވާ މަޝްރޫއުގެ ދަށުން މާލޭން ދޫކުރާ ގޯއްޗަށް އެދުމުގެ ފުރުސަތު އަންނަ ޖޫން މަހު ހުޅުވާލާނެ ކަމުގައި ސަރުކާރުން ހާމަކުރައްވައިފިއެވެ.
އެކަން ހާމަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައާއި ގުޅޭ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމުގައެވެ.
އެގޮތުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަޝްްރޫއުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތި ދޫކުރުމަށް ހުޅުވާލާ އެކަން އަންނަ ޖޫންމަހު ރައީސް އިއުލާން ކުރައްވާނެ ކަމުގައި އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ.
އަދި އެކަމަށް ޓަކައި ކަނޑައަޅައި އެކުލަވާލަން ޖެހޭ ގަވާއިދުތަކާއި އުސޫލުތަކުގެ އިތުރުން އެކަމަށް އެދި ކުރިމަތިލާ ފަރާތްތަކަށް މާކްސް ދޭނެ ގޮތުގެ މިންގަނޑުތައް އެކުލަވާލުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން އަންނަނީ ކުރަމުން ކަުގައި އަކްރަމް ވިދާޅުވިއެވެ.
މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ހުޅުމާލެ އިން 1000 ގޯއްޗާއި ގިރާވަރު ފަޅު ހިއްކައިގެން އެތަނުން 2000 ގޯއްޗާއި ގުޅިފަޅު ހިއްކައިގެން އެތަނުން ގޯތި ދެއްވާނެ ކަމުގައި ރައީސްގެ ރިޔާސީ ބަޔާނުގައި ހިމެނިފައިވާއިރު ހުޅުމާލޭގައި ސަރުކާރުގެ ފަރާތުން ކުރިއަށް ގެންދާ މަޝްރޫއު ގެ ދަށުން 5000 ހައުސިންގ ޔުނިޓް ގެ މަސައްކަތް ނިންމާ އިތުރު 2000 ހައުސިންގ ޔުނިޓްގެ މަސައްކަތް ފެއްޓެވުމަށް ރައީސް ސާލިހު ވަނީ ނިންމަވާފައިކަން ފާހަގަކޮށްލެެވެއެވެ.
ސަރުކާރުގެ ފަރާތުން ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި ބިން ހިއްކައި ފްލެޓް އެޅުމުގެ ތަފާތު އެކި މަޝްރޫއު ތައް ހިނގަމުންދާ ކަމުގެ މައުލޫމާތު އެމްޓީސީސީ މެދުވެރިކޮށް ދެމުންގެންދެއެެވެ. މި ސަރުކާރުން ވެރިކަމާއި ހަވާލްވެ މިވީ ތިން އަހަރުދުވަހު ރައްޔިތުންނާއި ގުޅުން ހުރި ތަރައްގީގެ އެކި މަޝްރޫއު ތައް ހިންގާފައިވާ ކަމަށް އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ބުނަމުންނެެވެ. އެގޮތުން ގެދޮރު އިމާރާތްކުރުމާއި ބަނދަރު ބޮޑު ކުރުމާއި ހޮސްޕިޓަލުތައް އަޕްގްރޭޑް ކުރުމާއި ސްކޫލްތައް އެޅުމާއި މިސްކިތް ތައް ގާއިމް ކުރުން ފަދަ މަސައްކަތްތައް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އަންނަނީ ހިނގަމުންނެވެ.

