ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިންމަފުށި ކައުންސިލްގެ ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ، ކ. ހިންމަފުށީ ކައުންސިލާއި ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރިޔަށްގެންދާ އެކިއެކި މަޝްރޫޢުތަކާ ގުޅޭގޮތުންނާއި ކައުންސިލާއި ރަށުގެ ރައްޔިތުންނަށް ކުރިމަތިވާ ދަތި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެރަށުގެ ޞިއްޙީ ޚިދުމަތް އިތުރަށް ތަރައްޤީކޮށް އިތުރު ޚިދުމަތްތައް ތަޢާރަފުކުރަން ބޭނުންވާކަމާއި ޕިކްނިކް އައިލެންޑެއްގެ މުހިންމުކަމާއި، ގިރާ ސަރަޙައްދު ހިމާޔަތްކޮށް އެ ސަރަޙައްދުގައި ބީޗެއް ތަރައްޤީކުރަން ބޭނުންވާކަން ހިމެނެއެވެ.

މީގެ އިތުރުން ކައުންސިލް އިދާރާގެ އައު އިމާރާތެއްގެ މުހިންމުކަމާއި އެކިއެކި ޖަލްސާ އަދި ހަރާކާތްތައް ބާއްވާނެ މަލްޓިޕާޕަސް ހޯލެއްގެ މުހިންމުކަމާއި އަދި ފުލުހުންގެ ޚިދުމަތް ފުޅާކުރަން ބޭނުންވާކަމާއި ޒުވާނުންނަށް ޓާފް ދަނޑެއް ތަރައްޤީކުރަން ބޭނުންވާކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޞިއްޙީ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ކައުންސިލަރުން ހުށަހެޅުއްވި ކަންކަމުގެ ތެރެއިން މިހާރުން މިހާރަށް ގެނެވެން ހުރި މުހިންމު ބަދަލުތައް ގެނެސްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާ ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ރަށްރަށުގައި ކުރިޔަށްގެންދަވާ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްގެންދަވާނީ ކައުންސިލާއި ރައްޔިތުންގެ މަޝްވަރާއާ އެކުގައިކަން ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: