ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގްރީން ޓެކްސް ނެގުމަކީ މުހިއްމު ކަމެއް: ހުސެން

މުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުަސެއިން މުހައްމަދު ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫރިޒަމްގެ ސިނާއަތުގައި ނަގާ ގްރީން ޓެކްސް ނެގުމަކީ މުހިއްމު ކަމެއް ކަމުގައި ފުަވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް ގާނޫނުގައި ހިމެނުމަށް ހުށައެޅުނު ގްރީން ޓެކްސް ފަންސާސް އެނދަށް ވުރެ ގިނައިން ހުންނަ ޓޫރިސްޓް ގެސްޓް ހައުސް ތަކުގެ ގްރީންޓެކްސް ތިން ޑޮލަރުން ހަ ޑޮލަރަށް ބޮޑުކުރުމަށް ހުށައަޅާފައިވާ ކަމަށް ހުސެން ވިދާޅުވިއެވެ.

ހުސެން ވިދާޅުވީ ފަންސާސް  އެނދަކީ ސަތޭކަ ބެޑް ކަމަށާއި އެއީ ގާތްގަނޑަކަށް ރިސޯޓެއްގެ ސައިޒު ކަމުގައި ހުސެން ވިދާޅުވިއެވެ. އަދި ފަސްދޮޅަހާއި ހަތްދިހަ އެނދުގެ ރިސޯޓްތައް މިހާރު އެބަހުރި ކަމުގައި އޭނާ ވިދާޅުވިއެވެ.

ވުމާއެކު ގްރީންޓެކްސް ނެގޭ އަދަދުން ފަންސާސް އެނދަކީ ތަންކޮޅެއް ބޮޑު ވަރުކަމަށާއި  އެ އަދަދު ވިހި ނުވަތަ ފަންސަވީހަށް ކުޑަ ކުރުމަށް ފަހު ގްރީންޓެކްސް ބޮޑުކުރުމަކީ މުހިއްމު ކަމެއް ކަމުގައި ހުސެން ވިދާޅުވިއެވެ.

ސަބަބަކީ ގްރީން ޓެކްސްގެ ގޮތުގައި 2022 ވަނަ އަހަރުގެ ބަޖެޓްގައި 823 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާތީ ކަމުގައި ހުސެން ވިދާޅުވިއެވެ. އެހެން ކަމުން ދައުލަތަށް ލިބޭ އާމްދަނީ އެއިސްލާހުގެ ސަބަބުން އިތުރު ވެގެން ދާނެ ކަމުގައި ހުސެން ވިދާޅުވިއެވެ.

ޖޮއިންޓް ވެންޗަރ އުސޫލުން ކުއްޔަށް ދޫކޮށްފައިވާ ރަށްތައް ކުއްޔަށް ހިފާފައިވާ ކުންފުނި ތަކުގެ ހިއްސާ ވިއްކާލުމުގެ އަގު މާކެޓް ވެލިއު އަށް ބަދަލު ކޮށް އެގޮތަށް ހިއްސާގެ އަގުތައް ކަނޑައެޅުމަށް ޓޫރިޒަމް ގާނޫނަށް ގެނެވޭ އިސްލާހަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ހުސެން ވިދާޅުވިއެވެ.

ހުސެން ވިދާޅުވީ އެކަމަކީ ގާނޫނެއްގެ ނުވަތަ ހިސްޓޮރިކަލް ވެލިއުއަށް ބެލުމުގެ ބަދަލުގައި މާކެޓް ވެލިއު އަށް ބަލައިގެން އަގު ހެދުމަކީ ހުރިހާ އެއްޗަކަށް ދުނިޔޭގެ ހަމައާއި އުސޫލުތަކުގެ ތެރޭގައި މިހާރު އަގު ކުރެވޭއިރު އަގުކުރާ މިންގަނޑުތަކަކީ އެއީ ކަމުގައެެވެ. އެގޮތުން މާކެޓް ވެލިއު އަށް އަގު ހެދުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި ހުސެން ވިދާޅުވިއެވެ.

ހުސެން ވިދާޅުވީި ރިސޯޓް ކުލި ކުޑަކުރުމަށް ޓޫރިޒަމް ގާނޫނަށް ހުށައަޅާ އިސްލާހުގައި ވާ ކަމަށާއި ކުލި ކުޑަކުރުމުގެ އެއް މަގްސަދު ތަކުގެ ތެރޭގައި ފާހަގަ ކޮށްފައިވަނީ މިނިމަމް ވޭޖަށް ކުރި އަސަރުގެ ސަބަބުން ކުންފުނި ތަކާއި ރިސޯޓް ތަކަށް އެއިން ލުޔެއް ހޯދައިދިނުމަށް ހުށައެޅޭ އިސްލާހެއް ކަމުގައެވެ.

ހުސެން ވިދާޅުވީ މިނިމަމް ވޭޖް މަޖިލީހުން ފާސްކުރީ 2020 ވަނަ އަހަރު ކަމަށާއި އެކަން ތަންފީޒުކޮށްފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ކަމަށެވެ. މިނިމަމް ވޭޖަށް ރިސޯޓް ތަކަށް ވަކި މިނިމަމް ވޭޖެއް ނެތް ކަމަށާއި މިނިމަމް ވޭޖް ކަނޑައަޅާފައިވަނީ، ބޮޑެތި ކުންފުނި ތަކަށް އަށް ހާސް ރުފިޔާ ކަމަށާއި މެދު ފަންތި އަށް ހަތްހާސް ރުފިޔާ ކަމަށާއި އަދި ކުދި ވިޔަފާރި ތަކަށް ހަތަރުހާސް ފައްސަތޭކަ ރުފިޔާ ކަމުގައި ހުސެން ވިދާާޅުވިއެވެ. އެހެން ކަމުން ބޮޑެތި ވިޔަފާރި ތަކުގެ ތެރޭގައި ހިމެނެނީ ހަމައެކަނި ރިސޯޓް ތައް ނޫން ކަމުގައި ހުސެން ވިދާޅުވިއެވެ.

ބޮޑެތި ވިޔަފާރި ތަކުގެ ތެރޭގައި ރިސޯޓް ތަކުގެ އިތުރުން އެހެން ކުންފުނިތަކާއި ޓްރޭޑިންގ ދާއިރާގައި މަސައްކަތް ކުރާ ކުންފުނިތައް ހިމެނިގެންދާނެ ކަމުގައި ހުސެން ވިދާޅުވިއެވެ.

އެހެން ކަމުން ވަކި އިންޑަސްޓްރީ އެއްގައި މަސައްކަތް ކުރާ ބަޔަކަށް ސަރުކާރުން ލުޔެއް ދިނުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި އެކަމަކީ އެހެން އިންޑަސްޓްރީ ތަކަށް އެއްބާރުލުން ނުދިނުމަށް ކުރާ ކަމެއް ގޮތުގައި ދެކެވަޑައިގަންނަވާ ކަމުގައި ހުސެން ވިދާޅުވިއެވެ.

ހުސެން ވިދާޅުވީ ޓޫރިޒަމް ގަވާއިދުގެ ބިލު ކޮމިޓީ މަރުހަލާގައި ކުރިއަށް ދާއިރު އެކަންކަމަށް ރަނގަށް ރިއާޔަތް ކުރުމަށް ދެކެވަޑައިގަންނަވާ ކަމުގައެވެ. އެހެން ކަމުން އެކަންު އެހާ ބޮޑަށް ހަމަ ނުޖެހޭ ކަމުގައި ހުސެން ވިދާޅުވިއެވެ.

ހުސެން ވިދާޅުވީ ބައެއް ސަރަހައްދު ތަކުގެ ކުލި ހަ ޑޮލަރުން ފަސް ޑޮލަރަށް ކުޑަވާއިރު އަނެއްބައި ސަރަހައްދު ތަކުގައި އަށް ޑޮލަރުން ހަޑޮލަރަށް ކުޑަވުމަކީ މާ ހަމަޖެހޭ ކަމެއް ނޫން ކަމުގައެވެ. ސަބަބަކީ ތ އަދި ލ ގައި ހުރި ރިސޯޓް ތަކުގައި  މިނިމަމް ވޭޖް އެއްވަރު ކަމަށާއި ނ ރ ބ ގައި ވެސް މިނިމަން ވޭޖް ގައި އެއްވެސް ފަރަގެއް ނެތްކަމަށެވެ. އެހެން ކަމުން  އެކި ސަރަހައްދު ތަކުގެ ކުލި ކުޑަކުރުމަށް ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫން ކަމުގައި ހުސެން ވިދާޅުވިއެވެ.

ހުސެން ވިދާޅުވީ ކޮވިޑް 19 ގައި އިގްތިސާދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިކަމަށާއި އިގްތިސާދަށް ވަރަށް ބޮޑެތި ހީނަރުކަން ލިބިފައިކަމަށެވެ. ކޮވިޑްގެ އަސަރު ވަނީ ހުރިހާ ފަރާތްތަކަށް ކޮށްފައިކަމުގައި ހުސެން ވިދާޅުވިއެވެ. ވުމާއެކު ރިސޯޓް ތަކަށް ހާއްސަކޮށްގެން ދޭ އިސްކަމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމުގައި ހުސެން ވިދާޅުވިއެވެ.

ހުސެން ވިދާޅުވީ މިދިޔަ އަހަރު ބަޖެޓް ފާސްކުރި އިރު 2022 ވަނަ އަހަރުގެ އާމްދަނީ އަދި ރިސޯޓްތަކުގެ ކުލީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ ކަމަށެވެ. އެހެން ކަމުން ކުލިތައް ކުޑަކޮށްފިނަމަ ދައުލަތަށް މި އަހަރު ލިބިގެންދާނެ ފައިދާ މަދުވެގެން ދާނެ ކަމުގައި ހުސެން ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓް ހެދިއިރުގައި ޓެކްސް ރެވެނިއު ނޫން ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ 27.5 ޕަސެންޓް  ކަމުގައި ހުސެން ފާހަގަކުރެއްވިއެވެ. އެހެން ކަމުން އެއަދަދު ކުޑަވެގެން ދާނެ ކަމަށާއި ކޮމިޓީ މަރުހަލާގައި އެކަމުގެ ސަބަބުން ލިބިދާނެ ގެއްލުމާއި އެކަމުގެ އާމްދަނީ އަށް ކުރާނެ އަސަރަކީ ކޮބައިތޯ ބަލަން ޖެހޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: