ސަރުކާރަށް މިއަދު ހަތަރު އަހަރު ވެގެންދާއިރުވެސް ޖޭއެސްސީ ކޮމްޕޮޝިޝަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންގެންދާތަން ނުފެންނަކަމަށާއި އެކަން ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމުގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވިއެވެ.
ޖުޑީޝަރީ ކޮމިޓީގެ ފަރާތުން ދިވެހި ރާއްޖޭގެ ހައިކޯޓްގެ ދެފަނޑިޔާރުން ވަކިކުރުމާއިގުޅޭ ގޮތުން އެކުލަވާލި ކޮމިޓީ ރިޕޯޓަށް ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވ ޖޭއެސްސީ އަށް ފަނޑިޔާރުންނާއި ގުޅޭ މައްސަލައެއް ހުށައެޅިގެން ޖޭއެސްސީއިން އެމަައްސަލަ ބެލުމަށް ކޮމިޓީއެއް އެކުލަވާލިކަމަށެވެ.
އެކޮމިޓީއިން ނިންމީ ފަނޑިޔާރު ވަކި ކުރުމަށް ނޫން ކަމަށާއި އޭގެ ބަދަލުގައި އެހެން އިދާރީ ފިޔަވަޅުތަކެއް އެޅުމަށެވެ. އެއަށްފަހު އެކޮމިޓީގެ ނިންމުން ބާއްވާފައި އަލުން އެހެން ކޮމިޓީ އެއް އެކުލަވާލިއެވެ.
ދެވަނަ ކޮމިޓީގެ މަސައްކަތް ކުރިއަށް ދަނިކޮށް އެކޮމިޓީގެ އެއް މެމްބަރަކު އިސްތިއުފާ ދެއްވުމާއި ގުޅިގެން އެހެން ބޭފުޅަކު އެތަނަށް އައްޔަން ކުރެއްވުމަށް ފަހު ދެވަނަ ފަހަރަށްވެސް ކޮމިޓީ އިން ނިންމީ ފަނޑިޔާރުން ވަކި ކުރަން ނޫން ކަމުގައި އަލީ ހުސައިން ވިދާޅުވިއެވެ.
ކޮމިޓީ އިން ފަނޑިޔާރު ވަކި ކުރުމަށް މަސައްކަތް ނުކުރެއްވި ނަމަވެސް ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ އެ ފަނޑިޔާރު ވަކި ކުރުމަށް ނިންމާފައި ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
އެމައްސަލަ ރައްޔިތުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އަށް އައުމާ ގުޅިގެން ޖުޑީޝަރީ ކޮމިޓީ އަށް ދެ ފަނޑިޔާރެއްގެ ސިޓީ ފޮނުވާފައިވެއެވެ.
އެ މައްސަލައިގައި ޖިނާއީ އިޖްރާއީ އަދުލުވެރިކަން ގާއިމް ވެފައި ނުވާކަން ޖުޑީޝަރީ ކޮމިޓީގެ ސަމާލުކަމަށް އައިސްފައިވަނީ ދެ ފަނޑިޔާރުންގެ ސިޓީ ލިބުމާއި އެކު ކަމުގައި އަލީ ހުސައިން ފާހަގަކުރެއްވިއެވެ.
އެަކަމާއި ގުޅިގެން ޖޭއެސްސީއަށް ސިޓީ އެއް ފޮނުވައި އެވާހަކަ ދެންނެވުމުން އެކޮމިޝަނުން ވެސް އެކަމަށް އިއުތިރާފްވެފައިވާ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. އެއީ ޖުޑީޝަލް ސާވިސްގެ ސިޓީގައި ބަޔާންކޮށްފައިވަނީ ދެވަނަ ފަހަރަށް ކޮމިޓީ ރިޕޯޓް އެކުލަވާލައި އާ ރިިޕޯޓެއް އެކުލަވާލުމަށްފަހުގައި ޖަވާބުދާރީ ވުމުގެ ފުރުސަތު ފަނޑިޔާރުންނަށް ނުދޭ ވާހަކަ ކެޓެގަރިކަލީ ލިޔުއްވާފައިވާކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
ފަނޑިޔާރުން ވިދާޅުވާ އިޖުރާއީ އަދުލުވެރިކަން ގާއިމްވެފައި ނުވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
އަލީ ހުސައިން ވިދާޅުވީ ޖުޑީޝަލް ސާވިސްގެ ދިފާއުގައި ނަމަވެސް ނުވަތަ ކުރީގައި ވެސް ކަން ހިނގާފައިވަނީ އެއް އުސޫލަކުން ކަމުގައެވެ.
ޖުޑީޝަރީ ކޮމިޓީގެ ސަމާލުކަމަށް ފަނޑިޔާރުންނަށް އިޖުރާއީ އަދުލުވެރިކަން ގާއިމްކޮށްދޭންޖެހޭ ކަން ގެނެވިފައި ނުވާކަމަށާއި އެކަން ހަމައެކަނި ޖުޑީޝަރީ ކޮމިޓީ އިން ބަލާ ކަމުގައެވެ. އެވަރު ވެސް ބަލާލަނީ މަތިމަތިން ހަމައެކަނި ޖިނާއީ އަދުލުވެރިކަން ގާއިމްވެފައި އޮތްތޯ ނުވަތަ ނޫންތޯ ކަމުގައި އަލީ ހުސައިން ވިދާޅުވިއެވެ.
މިފަހަރު އިޖުރާއީ އަދުލުވެރިކަން ގާއިމްވެފައި ނުވާކަން އެނގުނީ ސިޓީ އަކުން ދެންނެވީމަ ކަމުގައި އަލީ ހުސައިން ވިދާލުވިއެވެ. އެހެން ކަމުން އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހުނީ ކަމުގައި އަލީ ހުސައިން ވިދާޅުވިއެވެ.
އަލީ ހުސައިން ވިދާޅުވީ ޖުޑީޝަލް ސާވިސްކޮމިޝަނުން ކުރާ ކަމަކީ ހަގީގަތުގައި އިޖްރާއީ އަދުލުވެރިކަން ގާއިމް ކުރުމާއި ކޮމިޓީއެއް އެކުލަވާލަނީ އިޖްރާއީ އަދުލުވެރިކަން ގާއިމް ކުރަން ކަމުގައެވެ.
އަދި ޖަވާބުދާރީވުމުގެ ފުރުސަތު ދެނީ އިޖްރާއީ އަދުލުވެރިކަން ގާއިމް ކުރުމަށެވެ. އަދި ދެވަނަ ކޮމިޓީ އެއްވެސް އެކުލަވާލަނީ އިޖްރާއީ އަދުލުވެރިކަން ގާއިމް ކުރުމަށް ކަމަށާއި ޖުޑީޝަރީ ކޮމިޓީ ވެސް އޮންނަނީ އިޖްރާއީ އަދުލުވެރިކަން ގާއިމްކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލިސް ވެސް ހޮވާފައިވަނީ އިޖްރާއީ އަދުލުވެރިކަން ގާއިމް ކުރަން ކަމުގައި އަލީ ހުސައިން ވިދާޅުވިއެވެ.
އެހެން ކަމުން ދިވެހި ރާއްޖޭގައި ފަނޑިޔާރުންނަކީ އިޖްރާއީ އަދުލުވެރިކަން ހައްގު ނޫން ބައެއްކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމާ ކަމުގައި ވަނީ ނަމަ އެކަމަށް މާފާއެކު ދަންނަވަން ޖެހޭނީ މި މަޖިލީހެކޭ 18 ވަނަ މަޖިލީހެކޭ އެއްވެސް ތަފާތެއް ނެތް ކަމުގައި އަލީ ހުސައިން ވިދާޅުވިއެވެ. އަލީ ހުސައިން ވިދާޅުވީ އޭރުގެ އުއްތަމަ ފަނޑިޔާރާއި މިހާރުގެ އުއްތަމަ ފަނޑިޔާރު ވަކި ކުރި އިރު މަޖިލީހުގައި ހުންނެވި ކަމަށާއި އެކަމުގައި އެއްވެސް ތަފާތެއް ނެތް ކަމުގައެވެ.
އެހެން ކަމުން އެގޮތަށް ވޯޓް ދެއްވާ ކަމުގައި ވަނީ ނަމަ އެބޭފުޅާގެ ޝަކުވާއެއް ނެތް ކަމުގައި އަލީ ހުސައިން ވިދާޅުވިއެވެ.
ޝަކުވާއެއް ނޯންނާނީ މި ވެރިކަން ފެށިގެން މިއަދާ ހަމައަށް އައި އިރު ޖޭއެސްސީގެ ކޮމްޕޮޝިޝަން ރަނގަޅު ނޫން ކަމުގެ ވާހަކަ ތަކުރާރުކޮށް ދައްކަމުން އައީމަ ކަމުގައި އަލީ ހުސައިން ވިދާޅުވިއެވެ.
އެއާއެކު އިޖްރާއީ އަދުލުވެރިކަން ގާއިމްވެފައި ނުވާކަމަށް ޖުޑީޝަރީ ކޮމިޓީގެ އިއްތިފާގުން ފެނުމުންވެސް އަނެއްކާވެސް އެކަމަށް އިދިކޮޅު ހައްދަވައި އެކަން ބޮލާލައި ޖައްސަވާފައި ރައްޔިތުންނަށް ކޮން ނަމޫނާ އެއް ދެއްކުމަށް ތޯ ހިތާ ހިތާ ސުވާލު ކުރެވޭ ކަމުގައި އަލީ ހުސައިން ވިދާޅުވިއެވެ.
ދިވެހި ރާއްޖޭގެ އާދައިގެ މަގާމް ތަކުގައި އާދައިގެ ވަޒީފާ ތަކުގައި އުޅޭ މީހުންނަށްވެސް އިޖްރާއީ އަދުލުވެރިކަމާއި މަައުޟޫއު އަދުލުވެރިކަން ލިބެން ޖެހޭނެ ކަމަށް ދިވެހި ރާއްޖޭގެ ވަޒީފާ އާ ބެހޭ ޓްރައިބިއުނަލާއި ހައިކޯޓާއި ސުޕްރީމް ކޯޓުގެ ގަޒިއްޔާ ތަކުން ކަނޑައަަޅައި ނިންމާފައިވާ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. އެހެންކަމުން ފަނޑިޔާރުންނަކީ އިޖްރާއީ އަދުލުވެރިކަން ހައްގު ނުވާ ބައެއްކަމުގައި ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ނިންމަން އުޅޭތީ އެކަމާ ހައިރާންވާ ކަމުގައި އަލީ ހުސައިން ވިދާޅުވިއެވެ.
އެކަމަކީ ތަފާތު ކަމެއް ތޯ އަލީ ހުސައިން ސުވާލު އުފެއްދެވިއެވެ. އޭނާ ވިދާޅުވީ އެއީ ތަފާތެއް ނޫން ކަމަށާއި އެއީ މީގެ ކުރިން ވެސް ދިވެހި ރާއްޖޭގައި ކަން ހިނގަމުން އައި ގޮތް ކަމުގައެވެ.
އެއީ މީގެ ކުރީގައި ދިވެހި ރާއްޖޭގައި އޮޑިޓަރ ޖެނެރަލް އެއް ވަކި ކުރި ގޮތް ކަމަށާއި އެއީ މީގެ ކުރިން ދިވެހި ރާއްޖޭގައި އުއްތަމަ ފަނޑިޔާރާއިި ދެންހުރި ފަނޑިޔާރާއި ޕްރޮސެކިއުޓަރ ޖެނެރަލްވެސް ވަކި ކުރެވި ދިޔަ ގޮތް ކަމުގައި އަލީ ހުސައިން ވިދާޅުވިއެވެ.
ތަފާތު ކަމަކީ ތަފާތު ދެއްކުން ކަމުގައި އޭނާ ވިދާޅުވިއެވެ.
ކުރީގެ މައްސަލަ ތަކުގައި އިޖްރާއީ އަދުލުވެރިކަން ގާއިމް ވެފައި ނުވާކަން ސަމާލުކަމަށް އައިސްފާ ނުވާކަން ފާހަގަވިކަމާއި ނަމަވެސް މިއަދު ގޯސްކޮށް ކަމެއް ކުރެވިފައިވުމަކީ އަނެއްކާ އެ ގޯސް އަލުން ތަކުރާރު ކުރަން ޖެހޭ ސަބަބެއް ނޫން ކަމުގައި އަލީ ހުސައިން ވިދާޅުވިއެވެ.
އެހެންކަމުން މިއަދު ވަނީ ގޯސް ރަނގަޅު ކުރަންޖެހޭ ހާލަތަށް އައިސްފައި ކަމަށާއި ޖުޑީޝަރީ ކޮމިޓީ އިން ދެން މައްސަލަ ބެލުމުގައި ބަލަން ވާނީ މައްސަލަތަކުގައި ކަންކަން ކޮށްފައި ހުރީ އިޖްރާއީ ގޮތުން ރަނގަޅަށްތޯ އެކަނި ނޫން ކަމަށާއި މައުޟޫއީ ގޮތުން ވެސް ފަނޑިޔާރަކު ވަކިކުރެވިފައިވަނީ ރަނގަޅަށްތޯ ބަލަންޖެހޭ ކަމަށާއި އެފަނޑިޔާރުން މަޖިލީހަށް ހާޒިރު ކޮށް ސުވާލު ކުރަންޖެހޭ ކަމަށާއި ސަބަބަކީ ދޫ ދީފިނަމަ މުށެއްހާތަން ދޫ ވެއްޖެ ނަމަ ކެނބެއް ހާތަން ދަމައިގަންނާނެ ތީ ކަމުގައި އަލީ ހުސައިން ވިދާޅުވިއެވެ.

