ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބުގައި، ޔާމިންނަށް، ސޯލިހު ބަލިކުރުމަކީ ފަސޭހަ ކަމެއް: އާދަމް ޝަރީފް

ޝެއާރކޮށްލާ ކަހަލަދޯ؟

2023ގެ ރިޔާސީ އިންތިހާބުގައި ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބަލިކުރަން، ރައީސް ޔާމިންނަށް ފަސޭހަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު، އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު ރިޔާސީ އިންތިހާބުގައި ކުރިމަތިލާނެކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައި، ޓްވީޓްކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، މިހާރު އޮތް ސަރުކާރު ”ސްލޯ“ ވުމާއި، ކޮރަޕްޝަންގެ އަމަލުތައް ގިނަވުމާއި، ގޮތްނޭގޭ މަރުތަކަށް އިންސާފުވެސް ހޯދައިދެވިފައިނުވާއިރު ”މަތިބަރު“ ސަރުކާރެއް އޮތުމުގެ ސަބަބުން ހިދުމަތްތައްވެސް ނުލިބޭކަމަށެވެ. އަދި އެހެންކަމުން ތަރައްގީގެއް ބްރޭންޑަކަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބަލިކުރުމަކީ ފަސޭހަވާނެކަމެއް ކަމަށް އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައިވާ އިރު، އެތަކެއް މަސްތަކަކަށްފަހު ރައީސް ސޯލިހުވަނީ ނޫސްވެރިންނާއި ބައްދަލުކުރައްވާފައިއެވެ. މި ބައްދަލުވުމުގައި ރައީސް އެތަކެއް ވާހަކަތަކެއް ދައްކާފައިވާއިރު، 2023ގެ ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެކަމުގެ އިޝާރާތްތަކެއްވެސް ވަނީ ކުރައްވާފައިއެވެ. އެގޮތުން ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީއަށް އެކަނި ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެވޭނެކަމަށެވެ. އަދި ކޯލިޝަނަކާއެކީ ނުކުމެ 2023ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެކަން ޔަގީންކަމަށް ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީއިން ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ބޭނުންނަމަ، އެ މަނިކުފާނު ”ޗޮއިސްއެއް“ ގޮތައް ހުންނެވި ކަމަށެވެ.

ރައީސް ސޯލިހު ރިޔާސީ އިންތިހާބުގައި ކުރިމަތިލާނެކަމަށް އިޝާރާތްކުރައްވާފައިވާއިރު، މިކަމާއި ގުޅުވައި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފާޑުވިދާޅުވެފަައިއެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ފެންނަ ގޮތުން، މިހާރު ދެވެހި ރާއްޖެ އޮތް ހާލަތުގައި، އަމިއްލަ މީހާގެ އުންމީދުތަކެއް އިސްކޮށް، މި ދަނޑިވަޅަކީ، ވެރިކަަމަށް ފައި ނަގަންވީ ވަގުތެއް ނޫންކަމަށެވެ. އަދި މި ވަގުތަކީ، ބޭރުފައިސާގެ ރިޒާވް ރަނގަޅުކޮށް، ރައްޔިތުންގެ ހާލަތު ދެމެހެއްޓޭނެ ގޮތާ މެދު ވިސްނާ އެކަން ކުރަންވީ ވަގުތުކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: