ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯއިން ”ތުއްތު ދަރިފުޅު“ ފޮތް ލޯންޗުކޮށްފި

"ތުއްތު ދަރިފުޅު" ފޮތް ތައާރަފް ކުރުމުގެ ރަސްމިއްޔާތު: ފޮޓޯ/ އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ތުއްތު ކުދިންގެ ހަޔާތުގައި ދިމާވެދާނެކަންކަމާއި، އެކަމާއި ގުޅިގެން އަމަލުކުރަންވާނެ ގޮތުގެ މައުލޫމާތު އެކުލެވޭ ފޮތެއް އެސްޓީއޯއިން ނެރިފިއެވެ.

އެސްޓީއޯއިން ބުނީ ”ތުއްތު ދަރިފުޅު“ ގެ ނަމުގައި އެކުންފުނިން ފޮތެއް ނެރުމުގެ މައިގަނޑު މަގުސަދަކީ، ތުއްތު ކުދިންގެ ހަޔާތުގައި ދިމާވާކަންކަމާއި، އެކަމާއި މެދު އަމަލުކުރަންވާ ގޮތުގެ މައުލޫމަތަށް އާއިލާތައް އިތުރަށް ހޭލުންތެރި ކުރުމެވެ. ހޮސްޕިޓަލުގައި ތުއްތު ދަރިފުޅު އުފަންވާއިރު ދެވިގެންދާނެ ފަރުވާތަކާއި، ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު ތުއްތުކުދިން ގެންގުޅުމުގައި ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ތަފްސީލުކޮށް މިފޮތުގައި ބަޔާންކޮށްފައިވާނެކަމަށްވެސް އެސްޓީއޯއިން ބުނެފައިވެއެވެ.

ތުއްތު ކުއްޖެގެ ހަޔާތުގެ ފުރަތަމަ ސަތޭކަ ދުވަހަށް ހާއްސަކޮށްފައިވާ މިފޮތުގައި، ގާތުން ކިރު ދިނުމާއި، ފުރަތަމަ ދުވަސްތަކުގެ ތެރޭގައި ކުއްޖާ ހެދި ބޮޑުވުގެން އަންނާނެ ގޮތުގެ މުހިއްމު މައުލޫމާތު ތަފްސީލުކޮށް މި ފޮތުގައި ބަޔާން ކުރެވިފައިވާނެކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. އަދި ފުރަތަމަ މަސްތަކުގައި ކުއްޖާގެ ހަށިގަނޑު ތަޖުރިބާ ކުރާނުކަންކަމާއި އެކަމަށް އާއިލާއިން އަމަލުކުރަންވާނެ ގޮތުގެ މައުލޫމާތުވެސް މި ފޮތުގައި ހިމެނިފައިވާ އިރު، ދަރިފުޅުގެ ސިއްހަތާއި ދުޅަހެޔޮކަން މަންމަގެ ސިއްހަތާ ގުޅިފައިވުމުން މަންމަގެ ސިއްހަތު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ސަމާލުކަން ދޭންވީ ކަންކަމުގެ މައުލޫމާތުވެސް މިފޮތުގައި ހިމަނާފައިވާކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

ތުއްތު ކުދިންނަށް ދުޅަހެޔޮ މުސްތަގުބަލެއް ހޯދައިދިނުމުގެ މަގުސަދުގައި އެސްޓީއޯއިން ނެރިފައިވާ މި ފޮތް އެކުލަވާލެވިފައިވަނީ ޑރ އަބްދުﷲ ނިޔާފްގެ އެހީތެރިކަމާއި އެކު ކަމަށް އެސްޓީއޯއިން އާންމުކޮށްފައިވާ ބަޔާނުގައިވެއެވެ. މި ފޮތުގައި އަލަށް އުފަންވާ ދަރިފުގެ އާއިލާއިން އާންމުކޮށް ކުރާ ސުވާލުތަކާއި، އޭގެ ޖަވާބު ހިމެނިފައިވާނެކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. އަދި ކުރިއަށް އޮތްތާ އަލަށް އުފަންވާ ކުދިންނަށް އެސްޓީއޯއިން ދެވޭނެ ހަދިޔާގެ ތެރޭގައިވެސް މި ފޮތް ހިމެނޭނެކަމަށް އެސްޓީއޯގެ ބަޔާނުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: