ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމަށް އައިސް ދެވަނަ ދައުރަކަށް މަސައްކަތް ފެށުމަކީ ގައުމަށް ޖެހިފައި އޮތް މުސީބާތެއް: ރިޔާޒް

ޖުމްހޫރީ ޕާޓީން ބޭއްވި ރަސްމިއްޔާތެއްގައި ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި، ރިޔާޒް ރަޝީދު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމަށް އަންނަ މީހަކު ކުރަން ޖެހޭ ކަމަކީ ނުވަތަ އޭނާގެ ވިސްނުން ހުންނަން ޖެހޭނީ ދެ ވަނަ ދައުރެއް ހޯދުމަށް ނޫންކަމަށާއި ވެރިކަމަށް އަންނަ މީހަކު ދެވަނަ ދައުރަކަށް މަސައްކަތް ކުރުމަކީ މި ގައުމަށް ޖެހިފައި އޮތް އެންމެ ބޮޑު މުސީބާތްކަމަށް ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޕީޕީއެމްގެ، ޕާލިމަންޓް ގުރޫޕުގެ ނައިބު ލީޑަރުކަން ވެސް ކުރެއްވި ރިޔާޒަކީ އެމަނިކުފާނު ދެވަނަ ދައުރަކަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ޕީޕީއެމަށް ރިޔާސީ އިންތިހާބު ގެއްލުމުން ޖުމްހޫރީ ޕާޓީއާއި އޭނާ ގުޅިވަޑައިގެންނެވި އެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި އެކު ސިޔާސީ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ރިޔާޒް ވިދާޅުވީ ވެރިކަމަށް އަންނަ މީހަކު ދެވަނަ ދައުރަކަށް މަސައްކަތްކޮށްގެން ދުވަހަކުވެސް ގައުމު ހަމައަކަށް ނޭޅޭނެކަމަށާއި، އެއީ ވާނެކަމެއް ނޫންކަމަށެވެ. އެހެން ނަމަވެސް ފުރަތަމަ ދައުރުގެ މަސައްކަތް ރަނގަޅަށް ކުރައްވާ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ގެނެސްދީފި ނަމަ އިތުރު ކެމްޕެއިނަކާއި ނުލައިވެސް ރައްޔިތުން އެމީހަކަށް ގޮޑި ދެއްވާނެކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް މިގޮތަށް ވާހަކަ ދެއްކެވީ، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވައި، އެމްޑީޕީގައި ހުރި ޗޮއިސަކީ އެމަނިކުފާނުކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައިވާ ދަނޑިވަޅެއްގަ އެވެ. މިކަމާއި ގުޅިގެން ރައީސް ސާލިހަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު ގައުމުގެ ރައްކާތެރިކަމަށް މަސައްކަތް ކުރަންވީ މި ދަނޑިވަޅުގައި އަމިއްލަ އުއްމީދު އިސްކޮށް ވެރިކަމަށް ފައި ނުނެންގެވުމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރައީސް ސާލިހަށް ގޮވާލައްވާފަ އެވެ.

ރިޔާޒްގެ ވާހަކައިގައި ރައްޔިތުން އަމިއްލައަށް ބޭނުންވެގެން ދެވަނަ ދައުރެއް ދެއްވާނެ ވެރިއެއްކަމުގައި ދެއްކެވީ ގާސިމެވެ. ރިޔާޒް ވިދާޅުވީ ވެރިކަމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގެންފިނަމަ ރައްޔިތުންގެ އުފަލުން ދެވަނަ ދައުރުވެސް ގާސިމްއަށް ދެއްވާނެކަމަށާއި، ގާސިމް ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރައްވާ ސަބަބަކީވެސް މިއީކަމަށެވެ.

ގާސިމްއަކީ ޑިމޮކްރަސީއަށް ކުރެއްވި މަސައްކަތްތަކުގެ ސަބަބުން ޖަލު ގޮޅީގައިވެސް އިންނަވަން ޖެހުނު ބޭފުޅެއްކަމަށާއި ޑިމޮކްރަސީއަށް މަސައްކަތް ކުރެއްވުމުގެ ސަބަބުން ރައްޔިތުން ބާގީއަކަށް ހެދި ނަމަވެސް ގާސިމް އަދާކުރެއްވީ އިދިކޮޅު ޕާޓީއެއްގެ ލީޑަރެއްގެ ހައިސިއްޔަތުން އެ މަސައްކަތްކަމަށް ރިޔާޒް ވިދާޅުވިއެވެ. ބަސް ބުނުމުގެ ފުރުސަތާއި ރާއްޖެ މިއަދު ދެކެމުން މިދާ މިނިވަންކަން ރައްޔިތުންނަށް ލިބިފައި މިއޮތީ އޭރުގައި ގަލު އަޅާފައި އޮތް ހާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވުމުގެ ފުރުސަތު ގާސިމް އިބްރާހީމަށް ލިބުނީތީކަމަށް ވިދާޅުވެ ރިޔާޒް ފާހަގަކުރެއްވީ ގާނޫނު އަސާސީން ލިބިދޭ ހައްގުތަށްވެސް ރައްޔިތުންނަށް ކަށަވަރުވީ މިހެންވެކަމަށެވެ.

އެހެން ނަޒަރިއްޔާތަކުން ބަލައިފިނަމަ މިއަދު ރާއްޖެއަށް އަންނަމުން މިދާ ތަރައްގީއަކީ ކޮބައިކަން ކިޔައިދެއްވީ ގާސިމް އިބްރާހީމްކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒްގެ ވާހަކަގައި އިތުރަށް ވިދާޅުވީ އެހެން ޕާޓީތަކުން ޖެހިލުންވާ ހިސާބަށް މިއަދު ޖުމްހޫރީ ޕާޓީގެ މަސައްކަތްތައް ގެންދެވުނީވެސް ގާސިމާއި ޕާޓީގެ ލީޑާޝިޕްގެ ބުރަ މަސައްކަތުންކަމަށެވެ. ޕާޓީގެ ލީޑަރަކީ މީހުން ޕާޓީއަށް ވެއްދުމަށް މަސައްކަތް ކުރާ ބޭފުޅެއް ނޫންކަމަށާއި ނަމަވެސް މިއަދު 25،000 އަށްވުރެ ގިނަ މެންބަރުން ޕާޓީގައި އެބަތިބިކަމަށް ފާހަގަކުރައްވާ ރިޔާޒް ވިދާޅުވީ މިއީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހެޔޮހިތުން ކޮށްދެއްވާފައިވާ ހިދުމަތުގެ އަގު އެބޭފުޅުން އަމިއްލަ އަށް ގަބޫލުކުރައްވައިގެން ޕާޓީއއި ގުޅިވަޑައިގެން މެންބަރުންކަމަށެވެ. އެހެން ޕާޓީތަކާއި އެއްފަދައިން ދަތުރު ހަދައިގެން ޕާޓީއަށް މެންބަރުން ގިނަ ކުރުމަށް މަސައްކަތް ފަށައިފިނަމަ ޖޭޕީއަށްވުރެ ބޮޑު ޕާޓީއެއް ނޯންނާނެކަމަށް ރިޔާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ރިޔާޒު އެދެއްކީ ރަނގަޅު ވާހަކައެއް އޭރުންތާ މީހަކު އެއްޗެއް ބުނާއިރައް އެމީހަކައް މައިބަފައައްދަންދެން ރަނގަޅައް ގޮވޭނީ ދެން އަނެއްކާ ތިޔަމީހަކު ވެރިކަމައް އަތުވެއްޖެއްޔާ އަހަރެމެންނައް މިހާރައްވުރެ ތިޔަމީހާބަލަހައްޓަން ކުރަންޖެހޭ ޚަރަދު ހަތަރުގުނަ ބޮޑުވެގެންދާނެ ދާކޮންމެތާކައް……………….

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: